Loading surah...
Back to Dhivehi Quran
112 Ayahs • Meccan
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِى غَفْلَةٍۢ مُّعْرِضُونَ
މީސްތަކުންނަށް އެއުރެންގެ (عمل ތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން غافل ވެ (އެކަމުން) އެއްކިބާވެގެންވާ حال ގައެވެ.
مَا يَأْتِيهِم مِّن ذِكْرٍۢ مِّن رَّبِّهِم مُّحْدَثٍ إِلَّا ٱسْتَمَعُوهُ وَهُمْ يَلْعَبُونَ
އެއުރެން (އެއަށް) ފުރައްސާރަކުރާ حال ގައި، އޭގެ އަޑުއަހާ ކަމުގައިނުވާ އައު آية އެއް، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެއުރެންނާ ހަމަޔަކަށް ނާދެތެވެ.
لَاهِيَةًۭ قُلُوبُهُمْ ۗ وَأَسَرُّوا۟ ٱلنَّجْوَى ٱلَّذِينَ ظَلَمُوا۟ هَلْ هَٰذَآ إِلَّا بَشَرٌۭ مِّثْلُكُمْ ۖ أَفَتَأْتُونَ ٱلسِّحْرَ وَأَنتُمْ تُبْصِرُونَ
އެއުރެންގެ ހިތްތައް غافل ވެގެންވާ حال ގައެވެ. އަދި އަނިޔާވެރިވި މީހުންކުޅަ ސައްލާތައް (އެއުރެންގެ މެދުގައި) ސިއްރުކުރޫއެވެ. (އެއުރެން ބުނޫއެވެ.) މިއީ (އެބަހީ: محمد ގެފާނީ) ހަމަތިޔަބައިމީހުންފަދަ آدم ގެދަރިޔަކު ކަމުގައިމެނުވީ ނުވެތެވެ. ފަހެ، ކަލޭމެން ދެކެދެނެތިބެ، ޖާދޫ قبول ކުރަނީ ހެއްޔެވެ؟
قَالَ رَبِّى يَعْلَمُ ٱلْقَوْلَ فِى ٱلسَّمَآءِ وَٱلْأَرْضِ ۖ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
އެކަލޭގެފާނު ވިދާޅުވިއެވެ. އުޑާއި، ބިމުގައި ދެކެވޭހާ ވާހަކަތައް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
بَلْ قَالُوٓا۟ أَضْغَٰثُ أَحْلَٰمٍۭ بَلِ ٱفْتَرَىٰهُ بَلْ هُوَ شَاعِرٌۭ فَلْيَأْتِنَا بِـَٔايَةٍۢ كَمَآ أُرْسِلَ ٱلْأَوَّلُونَ
އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. (އެއީ) ހުވަފެނުގެ ހާސަރުތަކެކެވެ. އަދި ކިއެއްތަ! އެއީ އެކަލޭގެފާނު އަމިއްލަޔަށް ހެއްދެވި އެއްޗެކެވެ. އަދި ކިއެއްތަ! އެކަލޭގެފާނަކީ، ޅެންވެރިޔެކެވެ. ފަހެ (معجزات ތަކާއިގެން) ކުރީގެ رسول ން ފޮނުއްވެވިފަދައިން، އެކަލޭގެފާނުވެސް، ތިމަންމެންނަށް معجزة އެއް ގެނެސްދެއްވަ ބައްލަވާށެވެ!
مَآ ءَامَنَتْ قَبْلَهُم مِّن قَرْيَةٍ أَهْلَكْنَٰهَآ ۖ أَفَهُمْ يُؤْمِنُونَ
އެއުރެންގެ ކުރިން إيمان ނުވި ކިތަންމެ ރަށެއްގެ أهل ވެރިންނެއް، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. ވީއިރު އެއުރެން، ފަހެ، إيمان ވާނެ ހެއްޔެވެ؟
وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًۭا نُّوحِىٓ إِلَيْهِمْ ۖ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ އެއުރެންނަށް وحى އިއްވަވާ ފިރިހެނުން މެނުވީ، رسول ކަމާއިގެން ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، علم ގެ أهل ވެރިންނާ سؤال ކުރާށެވެ!
وَمَا جَعَلْنَٰهُمْ جَسَدًۭا لَّا يَأْكُلُونَ ٱلطَّعَامَ وَمَا كَانُوا۟ خَٰلِدِينَ
އަދި ކާނާކައިނޫޅޭ ހަށިތަކެއް ކަމުގައި، ތިމަންރަސްކަލާނގެ އެ رسول ން ނުލައްވަމެވެ. އަދި އަބަދަށް ދެމިތިބޭ ބަޔަކު ކަމުގައިވެސް އެބޭކަލުން ނުވެތެވެ.
ثُمَّ صَدَقْنَٰهُمُ ٱلْوَعْدَ فَأَنجَيْنَٰهُمْ وَمَن نَّشَآءُ وَأَهْلَكْنَا ٱلْمُسْرِفِينَ
ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وعد ފުއްދަވައި ދެއްވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެބޭކަލުންނާއި، ތިމަންރަސްކަލާނގެ އިރާދަކުރެއްވި ބަޔަކު ސަލާމަތްކުރެއްވީމެވެ. އަދި (ފުރެދުމުގައި) ހައްދުފަހަނަޅައި ދިޔަމީހުން ހަލާކުކުރެއްވީމެވެ.
لَقَدْ أَنزَلْنَآ إِلَيْكُمْ كِتَٰبًۭا فِيهِ ذِكْرُكُمْ ۖ أَفَلَا تَعْقِلُونَ
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް عبرة އާއި، نصيحة އޭގައި އެކުލެވިގެންވާ ފޮތެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
وَكَمْ قَصَمْنَا مِن قَرْيَةٍۢ كَانَتْ ظَالِمَةًۭ وَأَنشَأْنَا بَعْدَهَا قَوْمًا ءَاخَرِينَ
އަނިޔާވެރިވި ކިތައްކިތައް ރަށުގެ أهل ވެރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވިން ހެއްޔެވެ؟ އަދި އެއުރެންގެ ފަހުން އެހެންބަޔަކު ތިމަންރަސްކަލާނގެ އުފެއްދެވީމެވެ.
فَلَمَّآ أَحَسُّوا۟ بَأْسَنَآ إِذَا هُم مِّنْهَا يَرْكُضُونَ
ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ عذاب ގާތްވެއްޖެކަން إحساس ވީހިނދު، އެހާރުން އެއުރެން އެތަނުން ފިލާންދުވެތެވެ.
لَا تَرْكُضُوا۟ وَٱرْجِعُوٓا۟ إِلَىٰ مَآ أُتْرِفْتُمْ فِيهِ وَمَسَٰكِنِكُمْ لَعَلَّكُمْ تُسْـَٔلُونَ
(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ފިލާން ނުދުވާށެވެ! އަދި ތިޔަބައިމީހުން އެ نعمة ތަކުގައި އަރާމުކުރާންތިބި نعمة ތަކަށާއި، ތިޔަބައިމީހުންގެ ގެތަކަށް އެނބުރި رجوع ވާށެވެ! (އެއީ) ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެ ކަމަށްޓަކައެވެ.
قَالُوا۟ يَٰوَيْلَنَآ إِنَّا كُنَّا ظَٰلِمِينَ
އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިން ކަމުގައެވެ.
فَمَا زَالَت تِّلْكَ دَعْوَىٰهُمْ حَتَّىٰ جَعَلْنَٰهُمْ حَصِيدًا خَٰمِدِينَ
ފަހެ، ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، އަދި ނިވިފައިވާ އަޅިތަކެއް ފަދައިން ތިމަންރަސްކަލާނގެ އެއުރެން ލައްވައިފުމަށް ދާންދެން، އެއުރެންގެ އެ ގޮވުން ފިލައިނުދެތެވެ.
وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا لَٰعِبِينَ
ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ.
لَوْ أَرَدْنَآ أَن نَّتَّخِذَ لَهْوًۭا لَّٱتَّخَذْنَٰهُ مِن لَّدُنَّآ إِن كُنَّا فَٰعِلِينَ
ތިމަންރަސްކަލާނގެ ކުޅިވަރެއްގެ ބޭނުންކުރެއްވުމަށް އިރާދަކުރެއްވިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެކަން އެގޮތަށް ހިއްޕެވީމުހެވެ. ތިމަންރަސްކަލާނގެ (އެކަންތައް) ކުރައްވާނެ ނަމައެވެ.
بَلْ نَقْذِفُ بِٱلْحَقِّ عَلَى ٱلْبَٰطِلِ فَيَدْمَغُهُۥ فَإِذَا هُوَ زَاهِقٌۭ ۚ وَلَكُمُ ٱلْوَيْلُ مِمَّا تَصِفُونَ
އަދި ކިއެއްތަ! باطل ގެ މައްޗަށް ތިމަންރަސްކަލާނގެ حق ފޮނުއްވަމެވެ. ދެން އެ حق، އެ باطل ހަލާކުކޮށްލަތެވެ. ފަހެ، އެހާރުން އެ باطل ނެތިހިނގައިދެތެވެ. އަދި (اللَّه އާމެދު އެކަށީގެން ނުވާގޮތުން) ތިޔަބައިމީހުން ސިފަކޮށް، ބުނާބުނުންތަކުން ތިޔަބައިމީހުންނަށް ހަލާކު ހުށްޓެވެ.
وَلَهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَمَنْ عِندَهُۥ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَلَا يَسْتَحْسِرُونَ
އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެކަލާނގެ حضرة ގައިވާ ملائكة ން، އެކަލާނގެއަށް އަޅުކަން ކުރުމަކަށް ބޮޑާވެއެއްނުގަނެތެވެ. އަދި ވަރުބައްޔެއްވެސް ނުމެވޭމެއެވެ.
يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ
އެ ملائكة ން ރެޔާދުވާލު ފޫހިވުމެއްނެތި (އެކަލާނގެ حضرة އަށް) تسبيح ދަންނަވަތެވެ.
Page 1 of 6 (112 ayahs)