Loading surah...
Back to Dhivehi Quran
29 Ayahs • Medinan
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِنَّا فَتَحْنَا لَكَ فَتْحًۭا مُّبِينًۭا
ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ.
لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًۭا مُّسْتَقِيمًۭا
އެއީ ކަލޭޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ.
وَيَنصُرَكَ ٱللَّهُ نَصْرًا عَزِيزًا
އަދި ގަދަފަދަވެގެންވާ نصر އަކުން ކަލޭގެފާނަށް نصر ދެއްވުމަށްޓަކައެވެ.
هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَٰنًۭا مَّعَ إِيمَٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا
އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًۭا
(އެއީ) مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، އެކަލާނގެ ސުވަރުގެތަކަށް ވެއްދެވުމަށްޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގައި، އެއުރެން ދެމިތިބޭގޮތުގައެވެ. އަދި އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި اللَّه ގެ حضرة ގައި އެކަންތައްވިއެވެ.
وَيُعَذِّبَ ٱلْمُنَٰفِقِينَ وَٱلْمُنَٰفِقَٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوْءِ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۖ وَغَضِبَ ٱللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَآءَتْ مَصِيرًۭا
އަދި منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، شريك ކުރާ ފިރިހެނުންނާއި، شريك ކުރާ އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އެއުރެންނީ، اللَّه އާމެދު ނުބައި ހީތައް ކުރާމީހުންނެވެ. ނުބައިގޮތް ދިމާވުންއޮތީ އެއުރެންގެ މައްޗަށެވެ. އަދި اللَّه އެއުރެންގެ މައްޗަށް ކޯފާލެއްވިއެވެ. އަދި އެއުރެންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި ނަރަކަ ތައްޔާރުކުރެއްވިއެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا
އުޑުތަކާއި، ބިމުގެ لشكر ތައް މިލްކުވެގެންވަނީ اللَّه އަށެވެ. އަދި عزيز ވަންތަ، حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
إِنَّآ أَرْسَلْنَٰكَ شَٰهِدًۭا وَمُبَشِّرًۭا وَنَذِيرًۭا
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވައި، (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ.
لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةًۭ وَأَصِيلًا
(އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެކަލާނގެއަށް نصر ވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން تسبيح ދެންނެވުމަށްޓަކައެވެ.
إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ ۖ وَمَنْ أَوْفَىٰ بِمَا عَٰهَدَ عَلَيْهُ ٱللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًۭا
ހަމަކަށަވަރުން، ކަލޭގެފާނަށް بيعة ހިފާމީހުން بيعة ހިފާކަންކަށަވަރީ اللَّه އަށެވެ. اللَّه ގެ يدقدرة ފުޅުވަނީ، އެއުރެންގެ އަތްތަކަށްވުރެ މަތީގައެވެ. ފަހެ، عهد އުވާލައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ عهد އުވައިލާކަންކަށަވަރީ، އޭނާގެ އަމިއްލަ نفس ގެ މައްޗަށެވެ. އަދި އެކަމެއްގެ މައްޗަށް އެމީހަކު اللَّه އަށް ވެފައިވާ عهد ފުއްދައިފިމީހާ (ދަންނާށެވެ!) ފަހެ، اللَّه އެމީހަކަށް ބޮޑުވެގެންވާ ދަރުމަ ދެއްވާނެތެވެ.
سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِى قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ ٱللَّهِ شَيْـًٔا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًۢا ۚ بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرًۢا
أعرابى ންގެ ތެރެއިން ހަނގުރާމަޔަށްނުގޮސް ފަސްޖެހުނުމީހުން ކަލޭގެފާނަށް ދަންނަވާނެތެވެ. ތިމަންމެންގެ މުދާތަކާއި، ތިމަންމެންގެ أهل ވެރިން ތިމަންމެން ހަނގުރާމަޔަށް ދިޔުން مشغول ކޮށްފިއެވެ. ފަހެ، ތިމަންމެންގެ ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގެންދެއްވާށެވެ! އެއުރެންގެ ހިތްތަކުގައި ނުވާއެއްޗެއް، އެއުރެންގެ ދޫތަކުން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް މަންފާއަކަށް އިރާދަކުރައްވައިފިނަމަ، اللَّه ގެ حضرة ން އެއްވެސްކަމެއް މިލްކުވެގެންވަނީ، ތިޔަބައިމީހުންކުރެ ފަހެ، ކާކަށްހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންކުރާ عمل ތައް މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
بَلْ ظَنَنتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰٓ أَهْلِيهِمْ أَبَدًۭا وَزُيِّنَ ذَٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْمًۢا بُورًۭا
އަދި ކިއެއްތަ! ތިޔަބައިމީހުން ހީކުރީ رسول އާއާއި، مؤمن ން އެއުރެންގެ أهل ވެރިންގެ ގާތަށް ދުވަހަކުވެސް އެނބުރިވަޑައި ނުގަންނަވާނެކަމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ތިޔަބައިމީހުން ނުބައިހީތައް ހީކުރީމުއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ތިޔަބައިމީހުންވީމުއެވެ.
وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَٰفِرِينَ سَعِيرًۭا
އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ނުވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافر ންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރުކުރެއްވީމެވެ.
وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا
އަދި އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَن يُبَدِّلُوا۟ كَلَٰمَ ٱللَّهِ ۚ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا۟ لَا يَفْقَهُونَ إِلَّا قَلِيلًۭا
غنيمة ތަކެއް އަތުލުމަށްޓަކައި، غنيمة ތަކަކަށް (އެބަހީ: ހަނގުރާމަޔަށް) ތިޔަބައިމީހުން ހިނގައްޖެނަމަ، ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުން ބުނާހުށްޓެވެ. ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔުމަށް ތިމަންމެން ދޫކޮށްލާށެވެ! އެއުރެން އެދެނީ، اللَّه ގެ ބަސްފުޅު ބަދަލުކުރުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ފަހަތުން ތިޔަބައިމީހުން އައިސްގެންނުވާނެއެވެ. މީގެކުރިން اللَّه އަންގަވާފައިވަނީ އެފަދައިންނެވެ. ދެން އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ތިމަންމެންނާ حسد ވެރިވަނީއެވެ. އަދި ކިއެއްތަ! ދާދިކުޑަކޮށް މެނުވީ އެއުރެންނަކަށް ނުވިސްނެތެވެ.
قُل لِّلْمُخَلَّفِينَ مِنَ ٱلْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُو۟لِى بَأْسٍۢ شَدِيدٍۢ تُقَٰتِلُونَهُمْ أَوْ يُسْلِمُونَ ۖ فَإِن تُطِيعُوا۟ يُؤْتِكُمُ ٱللَّهُ أَجْرًا حَسَنًۭا ۖ وَإِن تَتَوَلَّوْا۟ كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًۭا
أعرابى ންގެ ތެރެއިން ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ގަދަފަދަވެގެންވާ ބާރެއްގެ ވެރިބަޔަކުގެ ގާތަށް ދިޔުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވާނެތެވެ. ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރުމަށެވެ. ނުވަތަ އެއުރެން ކިޔަމަންވެ إسلام ވުމަށެވެ. ފަހެ، ތިޔަބައިމީހުން ކިޔަމަންވާނަމަ، ރިވެތިވެގެންވާ ދަރުމަ ތިޔަބައިމީހުންނަށް اللَّه ދެއްވާނެތެވެ. އަދި މީގެކުރިން ތިޔަބައިމީހުން ފުރަގަސްދިން ފަދައިން ތިޔަބައިމީހުން ފުރަގަސްދޭނަމަ، ވޭންދެނިވި عذاب އަކުން އެކަލާނގެ ތިޔަބައިމީހުންނަށް عذاب ދެއްވާނެތެވެ.
لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌۭ وَلَا عَلَى ٱلْأَعْرَجِ حَرَجٌۭ وَلَا عَلَى ٱلْمَرِيضِ حَرَجٌۭ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًۭا
ކަނުމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއްނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއްނުމެނެތްމެއެވެ. اللَّه އާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާމީހާ، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އެމީހާ ވައްދަވާނެތެވެ. އަދި ފުރަގަސްދީފި މީހާޔަށް ވޭންދެނިވި عذاب އަކުން އެކަލާނގެ عذاب ދެއްވާނެތެވެ.
۞ لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَٰبَهُمْ فَتْحًۭا قَرِيبًۭا
ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعة ހިފާހިނދު، އެ مؤمن ތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتح އެއް އެއުރެންނަށް ދެއްވިއެވެ.
وَمَغَانِمَ كَثِيرَةًۭ يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًۭا
އަދި އެއުރެންނަށް ލިބޭނެ ގިނަ غنيمة މުދާތައްވެސްމެއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةًۭ تَأْخُذُونَهَا فَعَجَّلَ لَكُمْ هَٰذِهِۦ وَكَفَّ أَيْدِىَ ٱلنَّاسِ عَنكُمْ وَلِتَكُونَ ءَايَةًۭ لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَٰطًۭا مُّسْتَقِيمًۭا
ތިޔަބައިމީހުންނަށް ލިބޭނެ ގިނަ غنيمة މުދާތަކެއް، ތިޔަބައިމީހުންނަށް اللَّه وعد ކުރައްވާފައިވެެއެވެ. ފަހެ، މިކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ އަވަސްކޮށްދެއްވިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިން މީސްތަކުންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވިއެވެ. އަދި (مؤمن ންނަށް نصر ލިބޭނެކަމުގެ) ހެތްކެއްކަމުގައި އެކަން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދެއްކެވުމަށްޓަކައެވެ.
Page 1 of 2 (29 ayahs)