Loading surah...
Back to Dhivehi Quran
62 Ayahs • Meccan
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلنَّجْمِ إِذَا هَوَىٰ
އޮއްސިގެންދާހިނދު، ތަރި ގަންދެއްވައި وحى ކުރައްވަމެވެ.
مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ
ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) حق ގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި باطل اعتقاد އެއް ނުކުރައްވައެވެ.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ
އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.
إِنْ هُوَ إِلَّا وَحْىٌۭ يُوحَىٰ
އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ.
عَلَّمَهُۥ شَدِيدُ ٱلْقُوَىٰ
ބާރުގަދަ ملائكة އަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ.
ذُو مِرَّةٍۢ فَٱسْتَوَىٰ
(އެ ملائكة އަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ ملائكة އާ އެކަލޭގެފާނުގެ أصل صورة ގައި قائم ވެވަޑައިގެން ހުންނެވިއެވެ.
وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ
(އެހިނދު) އެ ملائكة އާ ވަނީ، އެންމެމަތީ އުދަރެހުގައެވެ.
ثُمَّ دَنَا فَتَدَلَّىٰ
ދެން އެ ملائكة އާ (رسول އާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ.
فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ
އެ އަރިސްވުންވީ، ދެ قوس ގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ.
فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ
ދެން (اللَّه) އެކަލާނގެ އަޅާއަށް وحى ކުރެއްވި އެއްޗެއް وحى ކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ وحى ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.)
مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ
އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكار އެއް ނުކުރައްވަތެވެ.
أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ
އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟
وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ
ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) އެހެންފަހަރަކުވެސް އެ ملائكة އާ ދެކެވަޑައިގަތްކަން ކަށަވަރެވެ.
عِندَ سِدْرَةِ ٱلْمُنتَهَىٰ
سدرة المنتهى ގެ ކައިރިންނެވެ.
عِندَهَا جَنَّةُ ٱلْمَأْوَىٰٓ
އެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ مؤمن ތަކުންގެ ފުރާނަތަކުގެ مركز އެވެ.)
إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ
سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ.
مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ
އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ.
لَقَدْ رَأَىٰ مِنْ ءَايَٰتِ رَبِّهِ ٱلْكُبْرَىٰٓ
ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.
أَفَرَءَيْتُمُ ٱللَّٰتَ وَٱلْعُزَّىٰ
ފަހެ، لات އާއި، عزّى އާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ
އަދި مناة އެވެ ކިއުނު އަނެއް ތިންވަނަ ބުދާ މެދުވެސްމެއެވެ.
Page 1 of 4 (62 ayahs)