Loading...
Language: Dhivehi
އިރުއޮއްސި، ރޭގަނޑުވުމުން (އެބަހީ: މަޣްރިބު ވަގުތު ޖެހުމުން)، ކުޑަކުދިން ބޭރަށް ނުނެރޭށެވެ. އެހެނީ ހަމަކަށަވަރުން އެ ވަގުތަކީ ޝައިޠާނުން ފެތުރިގަންނަ ވަގުތެވެ. ދެން ރޭގަނޑުން ބައެއް ފާއިތުވެ ދިޔުމުން، އެކުދިން (އުޅުނަސް) މައްސަލައެއް ނެތެވެ. އަދި ބިސްމި ކިޔައި ދޮރުތައް ލައްޕާށެވެ. އެހެނީ ހަމަކަށަވަރުން ޝައިޠާނާ ލައްޕާފައި ހުންނަ ދޮރެއް ނުހުޅުވާނެއެވެ. އަދި ބިސްމި ކިޔައި ފެންހަންތަކުގެ (ފެން ހުންނަ އެއްޗެހީގެ) މަތި ބަންދުކުރާށެވެ. އަދި ބިސްމި ކިޔައި ކާބޯތަކެތި އަޅާފައި ހުންނަ އެއްޗެހީގެ މަތި ޖަހާށެވެ. (އޭގެ މަތީގައި އެއްޗެއް ބާއްވާލައިގެން ނަމަވެސް މެއެވެ.) އަދި ބައްތިތައް ނިއްވާލާށެވެ.
Reference: ބުޚާރީ: 5623