Loading...
Language: Dhivehi
ފާފަ ފުއްސެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަންވާނެއެވެ. އެހެނީ އަޅަކު އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދޭނެ އެންމެ މުހިންމު ކަމަކީ އޭނާގެ ފާފަ ފުއްސެވުމެވެ. ނުވަތަ އޭގެ ނަތީޖާއެވެ. އެއީ ނަރަކައިން ސަލާމަތްވުމާއި ސުވަރުގެއަށް ވަނުމެވެ. އަޅަކު އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް ބޭނުންވަނީ، އޭނާއަށް ކޮންމެ ދުވަހަކާއި ރެއަކު ކުށްކުރެވޭތީއެވެ. އަދި ހުރިހާ ފާފައެއް ފުއްސަވައިދެއްވޭނީ ހަމައެކަނި ﷲ އަށެވެ. ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ވެސް (ހަނދުމަނެތުމުގެ) ޣާފިލްކަން ވެރިވެއެވެ. އަދި ހަމަކަށަވަރުން، ތިމަންކަލޭގެފާނު ދުވާލަކު ١٠٠ ފަހަރު ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދެމެވެ."
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 1515