Loading...
Language: Dhivehi
ﷲ ގެ ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ:
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ اَلْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ ﴿١﴾ قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾ مَّاكِثِينَ فِيهِ أَبَدًا ﴿٣﴾ وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّـهُ وَلَدًا ﴿٤﴾ مَّا لَهُم بِهِ مِنْ عِلْمٍ وَلَا لِآبَائِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا ﴿٥﴾ فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلَىٰ آثَارِهِمْ إِن لَّمْ يُؤْمِنُوا بِهَـٰذَا الْحَدِيثِ أَسَفًا ﴿٦﴾ إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴿٧﴾ وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا ﴿٨﴾ أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا ﴿٩﴾ إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾
ބިސްމިﷲއްރަޙްމާނިއްރަޙީމް. އަލްޙަމްދު ލިއްލާހިއްލަޠީ...
(١) ޙަމްދު ހުރީ ﷲ އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާގެ މައްޗަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެ ފޮތުގައި (ޙައްޤުމަގުން އެއްކިބާވުމެއް) އަދި ގުދުކަމެއް އެކަލާނގެ ނުލައްވަތެވެ. (٢) ސީދާވެގެންވާ ފޮތެއްގެ ގޮތުގައެވެ. އެކަލާނގެ ޙަޟްރަތުން އަތުވެދާނެ ގަދަފަދަ ޢަޛާބަކަށް އިންޛާރުކުރެއްވުމަށާއި، ޞާލިޙް ޢަމަލުތައް ކުރާ މުއUMINންނަށް، ހެޔޮވެގެންވާ ދަރުމަ ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވުމަށެވެ. (٣) އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބޭނެއެވެ. (٤) އަދި ﷲ، ދަރިކަލަކު ހިއްޕެވިކަމަށް ބުނި މީހުންނަށް އިންޛާރުކުރެއްވުމަށްޓަކައެވެ. (٥) އެކަމާމެދު އެއުރެންނަކަށްވެސް، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް އެއްވެސް ޢިލްމެއް ލިބިގެންނުވެއެވެ. އެއުރެންގެ އަނގަތަކުން އެ ނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ! ދޮގެއް މެނުވީ އެއުރެން ނުބުނެތެވެ. (٦) ފަހެ، މި ވާހަކަ (އެބަހީ: ޤުރުއާން) އަށް އެއުރެން އީމާންނުވިނަމަ، އެއުރެންގެ ފަހަތުން ހިތާމަޔާ އެކު ފަހަރެއްގައި ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލައްވަނީ ތޯއެވެ؟ (٧) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބިމުގައި ވާހާ އެއްޗެއް އެ ބިމަށް ޒީނަތެއް ކަމުގައި ލެއްވީމެވެ. (އެއީ) އެއުރެންގެ ތެރެއިން އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނުކުރެއްވުމަށްޓަކައެވެ. (٨) އަދި ހަމަކަށަވަރުން، އެ ބިމުގައިވާހާ އެއްޗެއް އެއީ ގަސްގަހާގެހި ނުފަޅާ ހަމަބިމަކަށް ތިމަންރަސްކަލާނގެ ހަދާހުށީމެވެ. (٩) ނުވަތަ ކަހްފު ބާގައިމީހުންނާއި، ރަޤީމްގެ ވެރިންނަކީ، ތިމަންރަސްކަލާނގެ އާޔަތްތަކުގެ ތެރެއިން ޢަޖައިބެއް ކަމުގައި ކަލޭގެފާނު ހީކުރެއްވީ ހެއްޔެވެ؟ (١٠) އެ ޒުވާނުން ހޮހަޅައަށް ވަދެ ފިލިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެއުރެން ދެންނެވިއެވެ. "އަޅަމެންގެ ވެރިރަސްކަލާނކޮ! އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!" (ކަހްފު ސޫރަތުގެ ١-١٠ އަށް)
Reference: މުސްލިމް: 809