Loading...
Language: Dhivehi
اَللَّهُ لَآ إِلٰهَ إِلَّا هُوَ الْحَىُّ الْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى السَّمٰوٰتِ وَمَا فِى الْأَرْضِ ۗ مَنْ ذَا الَّذِى يَشْفَعُ عِنْدَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ السَّمٰوٰتِ وَالْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ الْعَلِىُّ الْعَظِيمُ
އަލލްލަހު ލއަ އިިލަހަ އިިލއްއަ ހުވަ އލްޙަޔްޔު އލްޤަޔްޔުވމު...
ﷲ އީ އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ، ޤައްޔޫމްވަންތަ (އެބަހީ: އެންމެހައި މަޚްލޫޤުންގެ ކަންތައްތައް ބަލަހައްޓަވާ) ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، ނިދިޖެހުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކާއި ބިމުގައި ވާހާ އެއްޗެއް މިލްކްވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިޛުނަފުޅާ ނުލައި، އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރި ވާނީ ކާކު ހެއްޔެވެ؟ އެއުރެންގެ ކުރިމަތީގައި ވާހާ ކަމަކާއި (އެބަހީ: ދުނިޔޭގެ ކަންތައްތަކާއި) އެއުރެންގެ ފަހަތުގައި ވާހާ ކަމެއް (އެބަހީ: އާޚިރަތުގެ ކަންތައްތައް) އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ އިރާދަކުރެއްވި ކަމެއް މެނުވީ، އެކަލާނގެ ޢިލްމުފުޅުގެ ތެރެއިން އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެންނުވެއެވެ. އެކަލާނގެ ކުރުސި އުޑުތަކާއި ބިމަށްވުރެ ތަނަވަސްވެގެންވެއެވެ. އަދި އެ ދެތަން (އެބަހީ: އުޑުތަކާއި ބިން) ރައްކާތެރިކުރެއްވުމަށް އެކަލާނގެއަށް ބުރައެއް ނުވެއެވެ. އަދި އެކަލާނގެއީ އެންމެ މަތިވެރި، އެންމެ މާތް ރަސްކަލާނގެއެވެ. (ބަޤަރާ ސޫރަތު ٢:٢٥٥) ނިދަން އޮށޯންނައިރު އާޔަތުލް ކުރުސި ކިޔައިފި މީހާގެ ކައިރީގައި، ﷲ ލެއްވި ރައްކާތެރިއަކު ހުންނާނެއެވެ. އަދި ހެނދުނު ވާންދެން ޝައިޠާނާ އޭނާއާ ކައިރި ނުވާނެއެވެ.
Reference: އަލްބުޚާރީ، ފަތުޙުލް ބާރީ 4/487، ނަންބަރު 2311