Loading...
Language: Dhivehi
آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾ لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾
އާމަނަ އލރްރަސުވލު ބިމައ އުނޒިލަ އިިލަޔްހި މިނ ރްރަބްބިހި ވައލްމުއުްމިނުވނަ...
(٢٨٥) އެ ރަސޫލާގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެކަލޭގެފާނަށް ބާވައިލެއްވި އެއްޗަކަށް އެ ރަސޫލާ އީމާންވެވަޑައިގަތެވެ. އަދި މުއUMINންވެސްމެއެވެ. އެ އެންމެން ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ފޮތްތަކަށާއި، އެކަލާނގެ ރަސޫލުންނަށް އީމާންވިއެވެ. (އެއުރެން ބުނެތެވެ.) "ތިމަންމެން އެކަލާނގެ ރަސޫލުންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ." އަދި އެއުރެން ބުނެތެވެ. "އަޅަމެން އަޑުއަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންނަށް ފާފަ ފުއްސަވައިދެއްވާނދޭވެ! އަދި އެނބުރި ދިއުން ވަނީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ." (٢٨٦) ﷲ، ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފު ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް ވާހުށީ އެ ނަފްސަކަށެވެ. އަދި އެ ނަފްސެއް ހޯދި ނުބައިކަމެއް ވާހުށީ އެ ނަފްސެއްގެ މައްޗަށެވެ. "އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ އަޅަމެންނަށް ކުށެއް ކުރެވިއްޖެނަމަ، އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ ކުރިން އުޅުނު މީހުންނަށް އުފުލަން ޖެއްސެވި ފަދަ ބުރަ ކަމެއް އަޅަމެންނަށް އުފުލަން ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާ ކަމެއް އަޅަމެންނާ ޙަވާލުނުކުރައްވާނދޭވެ! އަދި އަޅަމެންނަށް ޢަފޫކުރައްވާނދޭވެ! އަދި އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ! އަދި އަޅަމެންނަށް ރަޙްމަތްލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، ކާފިރު ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!" (ބަޤަރާ ސޫރަތުގެ ٢: ٢٨٥-٢٨٦) ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފި މީހާ، ފަހެ (ރައްކާތެރިކަމަށް) އެ ދެ އާޔަތް އޭނާއަށް ފުދޭނެއެވެ.
Reference: އަލްބުޚާރީ، ފަތުޙުލް ބާރީ 9/94، މުސްލިމް 1/554، ނަންބަރު 807