Loading...
Language: Dhivehi
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
ޤުލް ހުވަ އލލްލަހު އަޙަދުން...
(١) ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އެކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. (٢) ﷲ އީ އެންމެހައި ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެކަލާނގެ އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (٣) އެކަލާނގެއަށް ދަރިކަލަކު ލިބިވޮޑިގެންނުވެއެވެ. އަދި އެކަލާނގެ (އެއްވެސް ފަރާތަކުން) އުފަންވެវޮޑިގެންނުވެއެވެ. (٤) އަދި އެކަލާނގެއާ އެއްފަދަވެގެންވާ ހަމައެއްވެސް އެއްޗެއް ނުވެއެވެ. (އިޚްލާޞް ސޫރަތުގެ ١١٢: ١-٤) ރަސޫލާ (ﷺ) އެކަލޭގެފާނުގެ އަޞްޙާބުންނަށް ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންކުރެ މީހަކަށް ރޭގަނޑު ޤުރުއާންގެ ތިންބައިކުޅަ އެއްބައި ކިޔެވުމަށް ނުކުޅެދިގެންވޭ ހެއްޔެވެ؟" ދެން އެކަން އެބޭކަލުންނަށް ބޮޑުކަމަކަށް ވިއެވެ. އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ (ﷺ)! ތިމަންމެންގެ ތެރެއިން އެކަމަށް ކުޅަދާނަވެގެންވަނީ ކާކު ހެއްޔެވެ؟" ދެން ޙަދީޘްކުރެއްވިއެވެ: "'ޤުލް ހުވަﷲ އަޙަދު' (އިޚްލާޞް ސޫރަތް) އަކީ ޤުރުއާންގެ ތިންބައިކުޅަ އެއްބައެވެ."
Reference: ޞަޙީޙް މުސްލިމް: 811