Loading...
Language: Dhivehi
ޙުޛައިފާ (ރ.ޢ) ރިވާކުރެއްވިއެވެ: ނަބިއްޔާ (ﷺ) ރޭގަނޑު ނިދިކުރައްވަން އެނދަށް ވަޑައިގަންނަވާއިރު، އެކަލޭގެފާނުގެ ކޮލުގެ ދަށަށް އަތްޕުޅު ލައްވައި ޙަދީޘްކުރައްވައެވެ:
اَللَّهُمَّ بِاسْمِكَ أَمُوْتُ وَأَحْيَا
އލލްލަހުމްމަ ބިއސްމިކަ އަމުވތު ވައަޙްޔައ
އޭ ﷲ! އިބަރަސްކަލާނގެ އިސްމުފުޅުން މިއަޅާ މަރުވަމެވެ. (އެބަހީ: ނިދަމެވެ.) އަދި ދިރިއުޅެމެވެ. (އެބަހީ: ހޭލަމެވެ.)
Reference: ބުޚާރީ: 6314