Loading...
Language: Dhivehi
ޢަބްދުﷲ ބިން ޢުމަރު (ރ.ޢ) ރިވާކުރެއްވިއެވެ: ﷲ ގެ ރަސޫލާ (ﷺ) އެނދުގައި އިށީނދެވަޑައިގަތުމުން، މިފަދައިން ވިދާޅުވެއެވެ:
اَلْحَمْدُ لِلَّهِ الَّذِى كَفَانِى وَآوَانِى وَأَطْعَمَنِى وَسَقَانِى وَالَّذِى مَنَّ عَلَىَّ فَأَفْضَلَ وَالَّذِى أَعْطَانِى فَأَجْزَلَ اَلْحَمْدُ لِلَّهِ عَلَى كُلِّ حَالٍ، اَللَّهُمَّ رَبَّ كُلِّ شَىْءٍ وَمَلِيْكَهُ وَإِلَهَ كُلِّ شَىْءٍ أَعُوْذُ بِكَ مِنَ النَّارِ
އލްޙަމްދު ލިލްލަހި އލްލަޛިޔ ކަފައނިޔ ވައާވައނިޔ، ވައަޠްޢަމަނިޔ ވަސަޤައނިޔ، ވައލްލަޛިޔ މަންނަ ޢަލަޔްޔަ ފައަފްޟަލަ، ވައލްލަޛިޔ އަޢްޠައނިޔ ފައަޖްޒަލަ. އލްޙަމްދު ލިލްލަހި ޢަލަޔ ކުލްލި ޙައލިން. އލލްލަހުމްމަ ރަބްބަ ކުލްލި ޝަޔްއިން ވަމަލިޔކަހު، ވައިިލަހަ ކުލްލި ޝަޔްއިން، އަޢުވޛު ބިކަ މިނަ އލންނައރި
މިއަޅާއަށް ފުދުންތެރިކަން ދެއްވި، އަދި މިއަޅާ ރައްކާތެރިކުރެއްވި، އަދި މިއަޅާއަށް ކާންދެއްވައި ބޯންދެއްވި، އަދި މިއަޅާގެ މައްޗަށް ދީލަތިވެވޮޑިގެންނެވި، އަދި ނުހަނު ގިނައިން މިއަޅާއަށް ދެއްވި ﷲ އަށް ޙަމްދު ހުއްޓެވެ. ކޮންމެ ޙާލަތެއްގައިވެސް ﷲ އަށް ޙަމްދު ހުއްޓެވެ. އޭ ﷲ! ކޮންމެ އެއްޗެއްގެ ރައްބު އަދި ކޮންމެ އެއްޗެއްގެ މިލްކުވެރި ރަސްކަލާނކޮ! ނަރަކައިގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ޕަނާހަށް އެދެމެވެ.
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 5058