Loading...
Language: Dhivehi
اَللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَرَبَّ الْأَرْضِ، وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ، وَالْفُرْقَانِ، أَعُوْذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اَللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ
އލލްލަހުމްމަ ރަބްބަ އލސްސަމައވައތި އލސްސަބްޢި ވަރަބްބަ އލްއަރްޟި، ވަރަބްބަ އލްޢަރްޝި އލްޢަޡިޔމި، ރަބްބަނައ ވަރަބްބަ ކުލްލި ޝަޔްއިން، ފައލިޤަ އލްޙަބްބި ވައލންނަވަޔ، ވަމުންޒިލަ އލތްތަވްރައތި ވައލްއިިންޖިޔލި، ވައލްފުރްޤައނި، އަޢުވޛު ބިކަ މިން ޝަރްރި ކުލްލި ޝަޔްއިން އަންތަ އާޚިޛުން ބިނައޞިޔަތިހި...
އޭ ﷲ! ހަތް އުޑުގެ ވެރި ރަސްކަލާނކޮ! އަދި ބިމުގެ ވެރި ރަސްކަލާނކޮ! އަދި މަތިވެރިވެގެންވާ ޢަރުޝީގެ ވެރި ރަސްކަލާނކޮ! އަޅަމެންގެ ވެރި ރަސްކަލާނކޮ! އަދި ކޮންމެ އެއްޗެއްގެ ވެރި ރަސްކަލާނކޮ! އޮށާއި، ކަދު ފަޅުއްވައި ނެރުއްވާ ރަސްކަލާނކޮ! ތައުރާތާއި، އިންޖީލާއި އަދި ފުރުޤާން (ޤުރުއާން) ބާވައިލެއްވި ރަސްކަލާނކޮ! އިބަރަސްކަލާނގެ، އެ އެއްޗެއްގެ ނިތްކުރީގެ އިސްތަށިގަނޑުގައި ހިއްޕަވާ (އެބަހީ: ބާރުފޯރުވާ) ކޮންމެ އެއްޗެއްގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި އިބަރަސްކަލާނގެއަށް ޕަނާހަށް އެދެމެވެ. އޭ ﷲ! އިބަރަސްކަލާނގެއީ އެންމެ ފުރަތަމަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެއަށްވުރެ ކުރިން ވީ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އިބަރަސްކަލާނގެއީ އެންމެ ފަހުގެ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެއަށްވުރެ ފަހުން ވާނެ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އިބަރަސްކަލާނގެއީ އެންމެ ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެއަށް ވުރެ މަތީގައިވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އިބަރަސްކަލާނގެއީ އެންމެ ވަންހަނާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެއަށް ވުރެ ކައިރީގައިވާ އެއްވެސް އެއްޗެއް ނުވެއެވެ. މިއަޅަމެންގެ ކިބައިން ދަރަނީގެ ބުރަ ފިއްލަވާނދޭވެ! އަދި ފަޤީރުކަމުން މިއަޅަމެން މިންޖުކުރައްވާނދޭވެ! (އެބަހީ: މިއަޅަމެން ފުއްދަވާނދޭވެ!) އަބޫ ހުބައިރާ (ރ.ޢ) ރިވާކުރެއްވިއެވެ: ﷲ ގެ ރަސޫލާ (ﷺ) ތިމަންމެންނަށް ނިދަން ދާއިރު (މަތީގައިވާ ފަދައިން) އެ ކަލިމަތައް ކިޔުމަށް އަމުރުކުރައްވާ ކަމުގައިވިއެވެ. އެހެން ރިވާޔަތެއްގައި، ފާޠިމާ (ރ.ޢ) އެކަލޭގެފާނުގެ އަރިހުން ޚާދިމަކަށް އެދިވަޑައިގަތުމުން، މި ދުޢާ ދަސްކޮށްދެއްވި ކަމަށްވެއެވެ.
Reference: މުސްލިމް: 2713، ޞަޙީޙް (އަލްބާނީ). ތިރްމިޛީ: 3481