Loading...
Language: Dhivehi
ﷲ ގެ ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންކުރެ މީހަކު ނިދީގައި ބިރުގެންފިނަމަ، ފަހެ މިފަދައިން ކިޔާހުށިކަމެވެ:
أَعُوْذُ بِكَلِمَاتِ اللَّهِ التَّامَّةِ (التَّامَّاتِ) مِنْ غَضَبِهِ وَعِقَابِهِ وَ(مِنْ) شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِيْنِ وَأَنْ يَحْضُرُوْنِ
އަޢުވޛު ބިކަލިމައތި އލލްލަހި އލތްތައމްމައތި މިން ޣަޟަބިހި ވަޢިޤައބިހި، ވަޝަރްރި ޢިބައދިހި، ވަމިން ހަމަޒައތި އލޝްޝަޔައޠިޔނި ވައަން ޔަޙްޟުރުވނި
ﷲ ގެ ކޯފާއާއި އެކަލާނގެ ޢުޤޫބާތުންނާއި، އެކަލާނގެ އަޅުތަކުންގެ ނުބައިކަމުންނާއި، އަދި ޝައިޠާނުންގެ ވަސްވާސްތަކުންނާއި އަދި އެ ޝައިޠާނުން އައުމުން (މިއަޅާގެ ގާތަށް ޙާޟިރުވުމުން) ރައްކާތެރިކޮށްދެއްވުން އެދި ﷲ ގެ ފުރިހަމަ ކަލިމަތައް މެދުވެރިކޮށް ޕަނާހަށް އެދެމެވެ.
Reference: ޙަސަން (އަލްބާނީ). ތިރްމިޛީ: 3528