Loading...
Language: Dhivehi
بِاسْمِكَ رَبِّي وَضَعْتُ جَنْبِي، وَبِكَ أَرْفَعُهُ، فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَهَا فَاحْفَظْهَا، بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
ބިއސްމިކަ ރަބްބިޔ ވަޟަޢްތު ޖަންބިޔ، ވަބިކަ އަރްފަޢުހު، ފައިިން އަމްސަކްތަ ނަފްސިޔ ފަރްޙަމްހައ، ވައިިން އަރްސަލްތަހައ ފައޙްފަޡްހައ، ބިމައ ތަޙްފަޡު ބިހި ޢިބައދަކަ އލޞްޞައލިޙިޔނަ
މިއަޅާގެ ވެރި ރަސްކަލާނކޮ! އިބަރަސްކަލާނގެ އިސްމުފުޅުން މިއަޅާގެ ހަށިގަނޑު (އެނދުގައި) ބާއްވަމެވެ. އަދި ހަމަ އިބަރަސްކަލާނގެ އިސްމުފުޅުން މިއަޅާ ހަށިގަނޑު ނަގަމެވެ. (އެބަހީ: ތެދުވަމެވެ). ފަހެ އިބަރަސްކަލާނގެ މިއަޅާގެ ނަފްސު އެހިނދު ހިއްޕަވައިފިނަމަ (އެބަހީ: މަރުގެންނެވުމުން)، ފަހެ އެ ނަފްސަށް ރަޙްމަތް ލައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެ ނަފްސު ދޫކޮށްލައްވައިފިނަމަ (އެބަހީ: އަލުން ދިރުއްވައިފިނަމަ)، އިބަރަސްކަލާނގެ ޞާލިޙް އަޅުން ރައްކާތެރިކުރައްވާ ފަދައިން އެ ނަފްސު ރައްކާތެރިކުރައްވާނދޭވެ! އަބޫ ހުބައިރާ (ރ.ޢ) ރިވާކުރެއްވިއެވެ: ނަބިއްޔާ (ﷺ) ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންކުރެ މީހަކު ނިދަންއުޅޭނަމަ، އޭނާގެ ރަޖާގަނޑުގެ އެތެރެފަރާތުން އެނދު ފޮޅާލާހުށިކަމެވެ. އެހެނީ އޭނާއަށްފަހު އެތަނަށް އައިސްފައިވަނީ ކޮންއެއްޗެއް ކަމެއް އޭނާއަކަށް ނޭނގޭނެއެވެ. ދެން އޭނާ ކިޔާހުށިކަމެވެ: (މަތީގައިވާ ދުޢާ)"
Reference: އަލްބުޚާރީ 11/126 ނަންބަރު 6320، މުސްލިމް 4/2084 ނަންބަރު 2714