Loading...
Language: Dhivehi
تُبْلَی وَيُخْلِفُ اللَّهُ تَعَالَی
ތުބްލިޔ ވަޔުޚްލިފު އލލްލަހު ތަޢައލަޔ
އޭ ﷲ! އޭނާއަށް ފާފަ ފުއްސަވައި ރަޙްމަތް ލައްވާނދޭވެ! އަދި އޭނާއަށް ޢާފިޔަތު ދެއްވައި އޭނާއަށް ޢަފޫކުރައްވާނދޭވެ! އަދި އޭނާއަށް މެހެމާންދާރީ އަދާކުރެއްވުން މާތްކުރައްވާނދޭވެ! (އެބަހީ: އޭނާގެ ދަރަޖަ މަތިވެރިކުރައްވާނދޭވެ!) އަދި އޭނާ ވަންނާނެ ތަން (ކަށްވަޅު) ތަނަވަސްކުރައްވާނދޭވެ! އަދި ފެނާއި، ގަނޑުފެނާއި، ގަނޑުފެނުގެ ކޮޅިތަކުން އޭނާ (ގެ ފާފަތައް) ދޮވެލައްވާނދޭވެ! އަދި ހުދު ފޭރާމެއް މިލައިން ސާފުކުރައްވާ ފަދައިން، ކުށްފާފަތަކުން އޭނާ ސާފުކުރައްވާނދޭވެ! އަދި އޭނާގެ (ދުނިޔޭގެ) ގެއަށްވުރެ ހެޔޮ ގެއެއް، އަދި އޭނާގެ އަހުލުންނަށްވުރެ ހެޔޮ އަހުލުންތަކެއް، އަދި އޭނާގެ ބައިވެރިޔާއަށްވުރެ ހެޔޮ ބައިވެރިޔަކު އޭނާއަށް ބަދަލުގައި ދެއްވާނދޭވެ! އަދި އޭނާ ސުވަރުގެ ވައްދަވާނދޭވެ! އަދި ކަށްވަޅުގެ ޢަޛާބުން [އަދި ނަރަކައިގެ ޢަޛާބުން] އޭނާ ރައްކާތެރިކުރައްވާނދޭވެ!
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 4020