Loading...
Language: Dhivehi
بِسْمِ اللَّه
ބިސްމި އލލްލަހި
އޭ ﷲ! އަޅަމެންގެ ތެރެއިން ދިރިތިބީންނަށާއި، މަރުވެފައިވާ މީހުންނަށާއި، މިތަނަށް ޙާޟިރުވެ ތިބި މީހުންނަށާއި، ޙާޟިރުވެ ނެތް މީހުންނަށާއި، ކުޑަކުދިންނަށާއި، ބޮޑެތި މީހުންނަށާއި، ފިރިހެނުންނަށާއި، އަންހެނުންނަށް ފާފަ ފުއްސަވާނދޭވެ! އޭ ﷲ! އަޅަމެންގެ ތެރެއިން އިބަރަސްކަލާނގެ ދިރުއްވާ މީހަކު، އިސްލާމްދީން މަތީގައި ދިރުއްވާނދޭވެ! އަދި އަޅަމެންގެ ތެރެއިން މަރުގަންނަވާ މީހަކު، އީމާންކަން މަތީގައި މަރުގަންނަވާނދޭވެ! އޭ ﷲ! މީގެ (މި މައްޔިތާގެ ނުވަތަ މި ކަށުނަމާދުގެ) އަޖުރުން އަޅަމެން މަޙްރޫމު ނުކުރައްވާނދޭވެ! އަދި އޭނާއަށްފަހު އަޅަމެން މަގުފުރައްދައި ނުލައްވާނދޭވެ!
Reference: ޞަޙީޙް (އަލްބާނީ). ތިރްމިޛީ: 606