Loading...
Language: Dhivehi
ނަބިއްޔާ (ﷺ) ކޮންމެ އުސްތަނަކަށް އަރާވަޑައިގަންނަވާނަމަ ތިންފަހަރު 'ﷲ އަކްބަރު' ވިދާޅުވެއެވެ. ދެން ވިދާޅުވެއެވެ:
سُبْحَانَ ذِي الْجَبَرُوْتِ وَالْمَلَكُوْتِ وَالْكِبْرِيَاءِ وَالْعَظَمَةِ
ސުބްޙައނަ ޛިޔ އލްޖަބަރުވތި، ވައލްމަލަކުވތި، ވައލްކިބްރިޔައއި، ވައލްޢަޡަމަތި
ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަން މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ޙަމްދު ހުއްޓީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. މިއަޅަމެން މި އެނބުރި އަންނަނީ (ދަތުރު ނިންމާފައި)، ތައުބާވެ، އަޅުކަންކުރާ، އަދި މިއަޅަމެންގެ ވެރިރަސްކަލާނގެއަށް ޙަމްދުކުރާ ޙާލުގައެވެ. ﷲ އެކަލާނގެ ވަޢުދުފުޅު ތެދުކުރެއްވިއެވެ. އަދި އެކަލާނގެ އަޅާއަށް ނަޞްރުދެއްވިއެވެ. އަދި ގުޅިފައިވާ ލަޝްކަރުތައް އެކަލާނގެ ވޮޑިގެން ބަލިކުރެއްވިއެވެ.
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 873