Loading...
Language: Dhivehi
ޖުވައިރިޔާ (ރ.ޢ) ގެ އަރިހުން ރިވާވެގެންވެއެވެ: އެކަމަނާ ފަތިސް ނަމާދަށްފަހު، އިރުއަރަންދެން (ޛިކުރު ކުރުމުގައި) އިންނެވިއެވެ. ދެން ނަބިއްޔާ (ﷺ) އެކަމަނާގެ އަރިހަށް ވެދެވަޑައިގެން ޙަދީޘްކުރެއްވިއެވެ: "ކަމަނާ އަދިވެސް ތިޔަ އިންނެވީ ތިމަންކަލޭގެފާނު ވަކިވެވަޑައިގަތްއިރުވެސް އިންނެވި ގޮތަށް ހެއްޔެވެ؟" އެކަމަނާ ވިދާޅުވިއެވެ: "އާދޭހެވެ." ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ކަމަނާއާ ވަކިވުމަށްފަހު ތިމަންކަލޭގެފާނު ހަތަރު ކަލިމައެއް، ތިން ފަހަރު ވިދާޅުވީމެވެ. ކަމަނާ މިއަދު މިހާތަނަށް ކިޔުއްވިހާ އެއްޗަކާ އެ ކަލިމަތައް ކިރާލިޔަސް، އެ ކަލިމަތައް ބުރަދަން އިތުރުވެގެންވާނެއެވެ:"
Reference: ޞަޙީޙް (އަލްބާނީ). މިޝްކާތު: 885