Loading...
Language: Dhivehi
ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ ކަލިމަތައް ހަތަރެކެވެ. (ﷲ ގެ ޛިކުރުގެ ގޮތުގައި) މީގެ ތެރެއިން ކޮންމެ ކަލިމައަކުން ފެށިކަމުގައި ވިޔަސް ތިބާގެ މައްޗަށް ކުށެއް ނެތެވެ. އެއީ -"
سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ
ސުބްޙައނަ އލލްލަހި، ވައލްޙަމްދު ލިލްލަހި، ވަލއަ އިިލަހަ އިިލއްއަ އލލްލަހު، ވައލލްލަހު އަކްބަރު
ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. އަދި ޙަމްދު ހުރީ ﷲ އަށެވެ. އަދި ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އަދި ﷲ އީ އެންމެ ބޮޑު ރަސްކަލާނގެއެވެ. [١] ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "(މި ކަލިމަތައް) ކިޔުން، އެ އެއްޗެއްގެ މައްޗަށް އިރުއަރާ ހުރިހާ އެއްޗަކަށްވުރެ (އެބަހީ: ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ) ތިމަންކަލޭގެފާނަށް މާ ލޮބުވެތިކަން ބޮޑެވެ." [٢]
Reference: [1] މުސްލިމް: 2137 [2] މުސްލިމް: 2695