Loading...
Language: Dhivehi
އިޚްލާޞް ސޫރަތް ١٠ ފަހަރު:
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
ޤުލް ހުވަ އލލްލަހު އަޙަދުން ...
މާތް ﷲ ގެ އިސްމުފުޅުން ފަށަމެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. (١) ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އެކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. (٢) ﷲ އީ އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (٣) އެކަލާނގެއަށް ދަރިކަލަކު ލިބިވޮޑިގެންނުވެއެވެ. އަދި އެކަލާނގެ ލިބިވޮޑިގެންވަނީވެސް މައިކަމަނާއެއްގެ ކިބަޔަކުން ނޫނެވެ. (٤) އަދި އެކަލާނގެއާ އެއްފަދަވެގެންވާ ހަމައެއްވެސް އެއްޗެއް (ނުވަތަ މީހަކު) ނުވެއެވެ. (އިޚްލާޞް ސޫރަތް: ١-٤) ޞަޙީޙް ޙަދީޘެއްގައި، މުޢާޛް ބިން އަނަސް (ރ.ޢ) ވިދާޅުވިއެވެ: ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "މީހަކު އިޚްލާޞް ސޫރަތް ١٠ ފަހަރު ކިޔަވައިފިނަމަ، ﷲ އެމީހަކަށްޓަކައި ސުވަރުގޭގައި ގަނޑުވަަރެއް ބިނާކުރައްވާނެއެވެ."
Reference: ޞަޙީޙް (އަލްބާނީ). ޞަޙީޙުލް ޖާމިޢު: 6472