Loading...
Language: Dhivehi
اَللَّهُمَّ اهْدِنِيْ فِيمَنْ هَدَيْتَ، وَعَافِنِيْ فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِيْ شَرَّ مَا قَضَيْتَ فَإِنَّكَ تَقْضِيْ وَلَا يُقْضَى عَلَيْكَ وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ تَبارَكْتَ رَبَّنَا وَتَعَالَيْتَ
އލލްލަހުމްމަ އހްދިނިޔ ފިޔމަން ހަދަޔްތަ، ވަޢައފިނިޔ ފިޔމަން ޢައފަޔްތަ، ވަތަވަލްލަނިޔ ފިޔމަން ތަވަލްލަޔްތަ، ވަބައރިކް ލިޔ ފިޔމައ އަޢްޠަޔްތަ، ވަޤިނިޔ ޝަރްރަ މައ ޤަޟަޔްތަ، ފައިިންނަކަ ތަޤްޟިޔ ވަލއަ ޔުޤްޟަޔ ޢަލަޔްކަ، ވައިިންނަހު ލއަ ޔަޛިލްލު މަން ވައލަޔްތަ، ވަލއަ ޔަޢިޒްޒު މަން ޢައދަޔްތަ، ތަބައރަކްތަ ރަބްބަނައ ވަތަޢައލަޔްތަ
އޭ ﷲ! އިބަރަސްކަލާނގެ ތެދުމަގު ދެއްކެވި މީހުންގެ ތެރެއިން މިއަޅާއަށް ތެދުމަގު ދައްކަވާނދޭވެ! އަދި ޢާފިޔަތު ދެއްވި މީހުންގެ ތެރެއިން މިއަޅާއަށް ޢާފިޔަތު ދެއްވާނދޭވެ! އަދި އެހީތެރިވެވޮޑިގެންނެވި މީހުންގެ ތެރެއިން މިއަޅާއަށް އެހީތެރިވެވޮޑިގަންނަވާނދޭވެ! އަދި އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި އެއްޗެއްގައި ބަރަކާތް ލައްވާނދޭވެ! އަދި އިބަރަސްކަލާނގެ މިންވަރުކުރައްވާފައިވާ ކަންކަމުގެ ނުބައިކަމުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! ފަހެ، ހަމަކަށަވަރުން ކަންކަން ނިންމަވަނީ އިބަރަސްކަލާނގެއެވެ. އިބަރަސްކަލާނގެ މައްޗަށް އެއްވެސް ފަރާތަކަށް ގޮތެއް ނުނިންމޭނެއެވެ. އިބަރަސްކަލާނގެ އެހީތެރިވެވޮޑިގެންފި މީހަކު ނިކަމެތި ނުވާނެއެވެ. އަދި އިބަރަސްކަލާނގެ ޢަދާވާތްތެރިވެވޮޑިގެންފި މީހަކު ޢިއްޒަތްތެރި ނުވާނެއެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އިބަރަސްކަލާނގެ ބަރަކާތްތެރިވެ މަތިވެރިވެވޮޑިގެންވެއެވެ.
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 1425