Loading...
Language: Dhivehi
اَللَّهُمَّ إِيَّاكَ نَعْبُدُ، وَلَكَ نُصَلِّي وَنَسْجُدُ، وَإِلَيْكَ نَسْعَى وَنَحْفِدُ، نَرْجُو رَحْمَتَكَ، وَنَخْشَى عَذَابَكَ، إِنَّ عَذَابَكَ بِالْكَافِرِينَ مُلْحَقٌ، اَللَّهُمَّ إِنَّا نَسْتَعِينُكَ، وَنَسْتَغْفِرُكَ، وَنُثْنِي عَلَيْكَ الْخَيْرَ، وَلَا نَكْفُرُكَ، وَنُؤْمِنُ بِكَ، وَنَخْضَعُ لَكَ، وَنَخْلَعُ مَنْ يَكْفُرُكَ
އލލްލަހުމްމަ އިިޔްޔައކަ ނަޢްބުދު، ވަލަކަ ނުޞަލްލިޔ ވަނަސްޖުދު، ވައިިލަޔްކަ ނަސްޢަޔ ވަނަޙްފިދު، ނަރްޖުވ ރަޙްމަތަކަ، ވަނަޚްޝަޔ ޢަޛައބަކަ، އިިންނަ ޢަޛައބަކަ ބިއލްކައފިރިޔނަ މުލްޙަޤުން. އލލްލަހުމްމަ އިިންނައ ނަސްތަޢިޔނުކަ، ވަނަސްތަޣްފިރުކަ، ވަނުޘްނިޔ ޢަލަޔްކަ އލްޚަޔްރަ، ވަލއަ ނަކްފުރުކަ، ވަނުއުްމިނު ބިކަ، ވަނަޚްޟަޢު ލަކަ، ވަނަޚްލަޢު މަން ޔަކްފުރުކަ
އޭ ﷲ! ހަމަކަށަވަރުން އަޅަމެން އިބަރަސްކަލާނގެ ޙަޟްރަތުން ވާގިއެދެމެވެ. އަދި ފާފަ ފުއްސެވުމަށް އެދެމެވެ. އަދި އިބަރަސްކަލާނގެއަށް ހެޔޮ ޘަނާ ދަންނަވަމެވެ. އަދި އިބަރަސްކަލާނގެއަށް ކުފުރު ނުވަމެވެ. އަދި އިބަރަސްކަލާނގެއަށް އީމާންވަމެވެ. އަދި އިބަރަސްކަލާނގެއަށް ބޯލަނބައި ކިޔަމަންވަމެވެ. އަދި އިބަރަސްކަލާނގެއަށް ކާފަރުވާ މީހުން ދޫކޮށްލަމެވެ. އޭ ﷲ! އަޅަމެން އަޅުކަން ކުރަނީ ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި ނަމާދުކޮށް ސަޖިދަޖަހަނީ އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން އަވަސްވެގަންނަނީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ. އަޅަމެން އެދެނީ އިބަރަސްކަލާނގެ ރަޙްމަތަށެވެ. އަދި ބިރުވެތިވަނީ އިބަރަސްކަލާނގެ ޢަޛާބަށެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ ޢަޛާބު ވަނީ ކާފަރުންނާ ހަމައަށް ފޯރާނެ އެއްޗެއްގެ ގޮތުގައެވެ.
Reference: ޞަޙީޙް (އަލްބާނީ). އިރްވާޢުލް ޣަލީލް: 2/170، ބައިހަޤީ: އައްސުނަނުލް ކުބްރާ - 2/211