Loading...
Language: Dhivehi
ފާފައެއް ކުރެވުމުން، ތައުބާވެ ٢ ރަކްޢަތް ނަމާދެއް ކުރުމަށްފަހު ކިޔުމަށް އައިސްފައިވާ އާޔަތެކެވެ:
وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ ﴿١٣٥﴾ أُولَٰئِكَ جَزَاؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَنِعْمَ أَجْرُ الْعَامِلِينَ ﴿١٣٦﴾
ވައްލަޠީނަ އިޛާ ފަޢަލޫ ފާޙިޝަތަން...
އަދި އެއުރެންނީ، ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ (އެބަހީ: ކުށެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތަކަށް ފުއްސެވުން އެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ މެނުވީ ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި އެއުރެން ކުޅަ ކުށުގެ މަތީގައި، އެނގިތިބެ ދެމިއެއް ނުތިބެއެވެ.
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 1521