Loading...
Language: Dhivehi
ޖަނާޒާ ނަމާދުގެ ތިންވަނަ ތަކްބީރަށްފަހު ކިޔުމަށް ސުންނަތްވެގެންވާ މަޝްހޫރު ދުޢާއެކެވެ:
اَللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا وَشَاهِدِنَا وَغَائِبِنَا اَللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الْإِيمَانِ وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِسْلَامِ اَللَّهُمَّ لَا تَحْرِمْنَا أَجْرَهُ وَلَا تُضِلَّنَا بَعْدَهُ
އލލްލަހުމްމަ އޣްފިރް ލިޙަޔްޔިނައ ވަމަޔްޔިތިނައ، ވަޝައހިދިނައ ވަޣައއިިބިނައ، ވަޞަޣިޔރިނައ ވަކަބޔރިނައ، ވަޛަކަރިނައ ވައުންޘައނައ. އލލްލަހުމްމަ މަން އަޙްޔަޔްތަހު މިންނައ ފައަޙްޔިހި ޢަލަޔ އލއިިސްލއަމި، ވަމަން ތަވަފްފަޔްތަހު މިންނައ ފަތަވަފްފަހު ޢަލަޔ އލއިިޔމައނި، އލލްލަހުމްމަ ލއަ ތަޙްރިމްނައ އަޖްރަހު ވަލއަ ތުޟިލްލަނައ ބަޢްދަހު
އޭ ﷲ! އަޅަމެންގެ ތެރެއިން ދިރިތިބީންނަށާއި، މަރުވެފައިވާ މީހުންނަށާއި، ކުޑަކުދިންނަށާއި، ބޮޑެތި މީހުންނަށާއި، ފިރިހެނުންނަށާއި، އަންހެނުންނަށާއި، މިތަނަށް ޙާޟިރުވެ ތިބި މީހުންނަށާއި، ޙާޟިރުވެ ނެތް މީހުންނަށް ފާފަ ފުއްސަވާނދޭވެ! އޭ ﷲ! އަޅަމެންގެ ތެރެއިން އިބަރަސްކަލާނގެ ދިރުއްވާނަމަ، އީމާންކަމުގެ މަތީގައި ދިރުއްވާނދޭވެ! އަދި އަޅަމެންގެ ތެރެއިން އިބަރަސްކަލާނގެ މަރުގެންނަވާނަމަ، އިސްލާމްކަމުގެ މަތީގައި މަރުގެންނަވާނދޭވެ! އޭ ﷲ! މީނާގެ (ޖަނާޒާގައި ބައިވެރިވުމުގެ) އަޖުރުން އަޅަމެން މަޙްރޫމު ނުކުރައްވާނދޭވެ! އަދި މީނާއަށްފަހު އަޅަމެން މަގުފުރައްދައި ނުލައްވާނދޭވެ!
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 3201