Loading...
Language: Dhivehi
اَللَّهُمَّ (إِنَّهُ) عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ كَانَ يَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُوْلُكَ وَأَنْتَ أَعْلَمُ بِهِ اَللَّهُمَّ إِنْ كَانَ مُحْسِنًا فَزِدْ فِي إِحْسَانِهِ وَإِنْ كَانَ مُسِيْئًا فَتَجَاوَزْ عَنْ سَيِّئَاتِهِ اَللَّهُمَّ لَا تَحْرِمْنَا أَجْرَهُ وَلَا تَفْتِنَّا بَعْدَهُ
އލލްލަހުމްމަ އިިންނަހު ޢަބްދުކަ ވައބްނު ޢަބްދިކަ ވައބްނު އަމަތިކަ، ކައނަ ޔަޝްހަދު އަން ލއަ އިިލަހަ އިިލއްއަ އަންތަ، ވައަންނަ މުޙަމްމަދަންއ ޢަބްދުކަ ވަރަސުވލުކަ، ވައަންތަ އަޢްލަމު ބިހި، އލލްލަހުމްމަ އިިން ކައނަ މުޙްސިނަންއ ފަޒިދް ފިޔ އިިޙްސައނިހި، ވައިިން ކައނަ މުސިޔއިަންއ ފަތަޖައވަޒް ޢަން ސަޔްޔިއިައތިހި، އލލްލަހުމްމަ ލއަ ތަޙްރިމްނައ އަޖްރަހު ވަލއަ ތަފްތިންނައ ބަޢްދަހު
އޭ ﷲ! ހަމަކަށަވަރުން (މިއީ) އިބަރަސްކަލާނގެ އަޅެކެވެ. އަދި އިބަރަސްކަލާނގެ އަޅެއްގެ ދަރިއެކެވެ. އަދި އިބަރަސްކަލާނގެ އަޅު އަންހެނެއްގެ ދަރިއެކެވެ. އިބަރަސްކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދު (ﷺ) އީ އިބަރަސްކަލާނގެ އަޅާ ކަމަށާއި ރަސޫލާ ކަމަށް އޭނާ ހެކިވަމުން ދިޔައެވެ. އަދި އިބަރަސްކަލާނގެ އޭނާއަށް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އޭ ﷲ! އޭނާއަކީ އިޙްސާންތެރިއެއް (ހެޔޮ ޢަމަލު ކުޅަ މީހެއް) ކަމުގައި ވާނަމަ، އޭނާގެ ހެޔޮކަން އިތުރުކުރައްވާނދޭވެ! އަދި އޭނާއަކީ ކުށްތައް ކުރި މީހެއް ނަމަ، އޭނާގެ ކިބައިން (އެކަން) ޢަފޫކުރައްވާނދޭވެ! އޭ ﷲ! އޭނާގެ (ޖަނާޒާގައި ބައިވެރިވުމުގެ) އަޖުރުން އަޅަމެން މަޙްރޫމު ނުކުރައްވާނދޭވެ! އަދި އޭނާއަށްފަހު ފިތުނައިގެ ތެރެއަށް އަޅަމެން ނުވައްޓަވާނދޭވެ!
Reference: ޞަޙީޙް މަވްޤޫފް (އަލްބާނީ). އަލްމުވައްޠާ: 539