Loading...
Language: Dhivehi
ވާޘިލާ ބިން އަސްޤަޢު (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވިއެވެ. ރަސޫލުﷲ (ﷺ) މުސްލިމް ފިރިހެނެއްގެ ޖަނާޒާ ނަމާދު ކުރެއްވިއިރު މިފަދައިން ވިދާޅުވަނިކޮށް އަޑުއިވުނެވެ:
اَللَّهُمَّ إِنَّ (فُلَانَ بْنَ فُلَانٍ) فِي ذِمَّتِكَ وَحَبْلِ جِوَارِكَ فَقِهِ مِنْ فِتْنَةِ الْقَبْرِ وَعَذَابِ النَّارِ وَأَنْتَ أَهْلُ الْوَفَاءِ وَالْحَقِّ اَللَّهُمَّ فَاغْفِرْ لَهُ وَارْحَمْهُ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمُ
އލލްލަހުމްމަ އިިންނަ (ފުލއަނަ ބްނަ ފުލއަނިން) ފިޔ ޛިމްމަތިކަ، ވަޙަބްލި ޖިވައރިކަ، ފަޤިހި މިން ފިތްނަތި އލްޤަބްރި ވަޢަޛައބި އލންނައރި، ވައަންތަ އަހްލު އލްވަފައއި ވައލްޙަޤްޤި، ފައޣްފިރް ލަހު ވައރްޙަމްހު އިިންނަކަ އަންތަ އލްޣަފުވރު އލރްރަޙިޔމު
އޭ ﷲ! ހަމަކަށަވަރުން (މިވެނި މީހެއްގެ ދަރި މިވެނި މީހަކު) ވަނީ އިބަރަސްކަލާނގެ ޛިއްމާގައެވެ. އަދި އިބަރަސްކަލާނގެ ރައްކާތެރިކަމުގެ ކައިރީގައެވެ. ފަހެ، ކަށްވަޅުގެ ފިތުނައިންނާއި، ނަރަކައިގެ ޢަޛާބުން އޭނާ ސަލާމަތްކުރައްވާނދޭވެ! އިބަރަސްކަލާނގެއީ ވަޢުދު ފުއްދަވާ ޙައްޤުވަންތަ ރަސްކަލާނގެއެވެ. އޭ ﷲ! ފަހެ، އޭނާއަށް ފާފަ ފުއްސަވައި، ރަޙްމަތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ.
Reference: ޞަޙީޙް. އަބޫ ދާވޫދު: ٣٢٠٢