Loading...
Language: Dhivehi
ކޮންމެ ފަރުޟު ނަމާދަކަށްފަހު ރަސޫލާ (ﷺ) މި ދުޢާ ވިދާޅުވާ ކަމަށް ވެއެވެ. އަޅާ އޭނާގެ ދީނާއި ދުނިޔޭގެ ހުރިހާ ކަމެއްގައި ވެރިރަސްކަލާނގެއަށް ދަންނަވާނެއެވެ. އެހެނީ ހުރިހާ އެއްޗެއްގެ ޚަޒާނާ ވަނީ ﷲ ގެ އަތްޕުޅުގައެވެ. ﷲ ވަޙީކުރެއްވިއެވެ: (އަދި އެއިން ކޮންމެ އެއްޗެއްގެ ޚަޒާނާތައް، ތިމަންރަސްކަލާނގެ ޙަޟްރަތުގައި މެނުވީ ނުވެއެވެ. އަދި ކަނޑައެޅިގެންވާ ވަކި މިންވަރަކަށް މެނުވީ، ތިމަންރަސްކަލާނގެ އެ އެއްޗެއް ނުބާވައިލައްވަމެވެ.) [ސޫރަތު އަލްޙިޖްރު ١٥:٢١] ﷲ ދެއްވާ އެއްޗެއް ހިފެހެއްޓޭނެ މީހަކު ނުވެއެވެ. އަދި އެކަލާނގެ މަނާކުރެއްވި އެއްޗެއް ދެވޭނެ މީހަކު ނުވެއެވެ.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، اَللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ وَلَا مُعْطِيَ لِمَا مَنَعْتَ وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
ލއަ އިިލަހަ އިިލއްއަ އލލހު ވަޙްދަހު ލއަ ޝަރިޔކަ ލަހު، ލަހު އލްމުލްކު ވަލަހު އލްޙަމްދު، ވަހުވަ ޢަލަޔ ކުލްލި ޝަޔްއިން ޤަދިޔރުން، އލލްލަހުމްމަ ލއަ މައނިޢަ ލިމައ އަޢްޠަޔްތަ، ވަލއަ މުޢްޠިޔަ ލިމައ މަނަޢްތަ، ވަލއަ ޔަންފަޢު ޛައ އލްޖަދްދި މިންކަ އލްޖަދްދު
ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިއަކު ނުވެއެވެ. ވެރިކަން ވަނީ އެކަލާނގެއަށެވެ. އަދި އެންމެހާ ޙަމްދު ހުރީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އޭ ﷲ! އިބަ ﷲ ދެއްވި އެއްޗެއް މަނާކުރާނެ މީހަކު ނުވެއެވެ. އަދި އިބަ ﷲ މަނާކުރެއްވި އެއްޗެއް ދެވޭނެ މީހަކު ނުވެއެވެ. އަދި މުއްސަނދިކަމާއި ބާރުވެރިކަން ލިބިގެންވާ މީހަކަށް، އިބަ ﷲ ގެ ޢަޛާބުން (އެކަމަކުން) މަންފާއެއް ނުކުރާނެއެވެ.
Reference: ބުޚާރީ: ٨٤٤