Loading...
Language: Dhivehi
ބާލިޣުނުވާ ކުޑަކުއްޖެއްގެ ޖަނާޒާގައި ކިޔުމަށް ރަނގަޅު ދުޢާއެކެވެ:
اَللَّهُمَّ اجْعَلْهُ فَرَطًا وَذُخْرًا لِوَالِدَيْهِ، وَشَفِيعًا مُجَابًا، اَللَّهُمَّ ثَقِّلْ بِهِ مَوَازِينَهُمَا، وَأَعْظِمْ بِهِ أُجُورَهُمَا، وَأَلْحِقْهُ بِصَالِحِ الْمُؤْمِنِينَ، وَاجْعَلْهُ فِي كَفَالَةِ إِبْرَاهِيمَ، وَقِهِ بِرَحْمَتِكَ عَذَابَ الْجَحِيمِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ، اَللَّهُمَّ اغْفِرْ لِأَسْلَافِنَا، وَأَفْرَاطِنَا، وَمَنْ سَبَقَنَا بِالْإِيمَانِ
އލލްލަހުމްމަ އޖްޢަލްހު ލަނައ ފަރަޠަންއ، ވަސަލަފަންއ، ވައަޖްރަންއ
އޭ ﷲ! މި ކުއްޖާއީ އޭނާގެ މައިންބަފައިންނަށްޓަކައިވާ ފަރަޠެއް (އިސްވެދިޔަ އެއްޗެއް) އަދި ޛުޚުރެއް (ރައްކާކުރެވިފައިވާ ޚަޒާނާއެއް) ކަމުގައި ލައްވާނދޭވެ! އަދި ޝަފާޢަތް ޤަބޫލުކުރެވޭ ޝަފާޢަތްތެރިއެއް ކަމުގައި ލައްވާނދޭވެ! އޭ ﷲ! އެ ދެމީހުންގެ (މައިންބަފައިންގެ ހެޔޮ ޢަމަލުގެ) ތިލަފަތް މި ކުއްޖާގެ ސަބަބުން ބަރުކުރައްވާނދޭވެ! އަދި އެ ދެމީހުންގެ އަޖުރު މި ކުއްޖާގެ ސަބަބުން ބޮޑުކުރައްވާނދޭވެ! އަދި ޞާލިޙު މުއުމިނުންގެ ތެރޭގައި މި ކުއްޖާ ލައްވާނދޭވެ! އަދި އިބްރާހީމްގެފާނުގެ ބެލެހެއްޓެވުމުގެ ދަށުގައި މި ކުއްޖާ ލައްވާނދޭވެ! އަދި އިބަރަސްކަލާނގެ ރަޙްމަތުން ނަރަކައިގެ ޢަޛާބުން މި ކުއްޖާ ސަލާމަތްކުރައްވާނދޭވެ! އަދި މި ކުއްޖާގެ ގެއަށްވުރެ ހެޔޮ ގެއެއް، އަދި އަހުލުންނަށްވުރެ ހެޔޮ އަހުލުން މި ކުއްޖާއަށް ބަދަލުގައި ދެއްވާނދޭވެ! އޭ ﷲ! އަޅަމެންގެ ކުރިން އިސްވެދިޔަ މީހުންނަށާއި، އަޅަމެންގެ ކުޑަކުދިންނަށާއި، އީމާންކަމާއެކު އަޅަމެންގެ ކުރިން ދިޔަ އެންމެންނަށް ފާފަ ފުއްސަވާނދޭވެ!
Reference: ބައްލަވާ އަލްމުޣްނީ، ލީ އިބްނު ޤުދާމާ، 3/416؛ އަދި ބައްލަވާ އައްދުލޫސުލް މުހިއްމާ ލި ޢާއްމަތިލް އުންމާ، ލިޝް ޝައިޚް ޢަބްދިލްޢަޒީޒް އިބްނު ޢަބްދިﷲ އިބްނު ބާޒް، ރަޙިމަހުﷲ، ޞަފްޙާ 15.