Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) ސަވާރީއަށް އަރާވަޑައިގަންނަވަމުން "ބިސްމި" ވިދާޅުވިއެވެ. އަދި ހަމަޖެހިވަޑައިގަތުމުން މި ފަދައިން ދުޢާ ކުރެއްވިއެވެ:
اَلْحَمْدُ لِلَّهِ، سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِيْنَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُوْنَ، اَلْحَمْدُ لِلَّهِ، اَلْحَمْدُ لِلَّهِ، اَلْحَمْدُ لِلَّهِ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اَللّهُ أَكْبَرُ، (لَا إِلٰهَ إِلَّا أَنْتَ) سُبْحَانَكَ، إِنِّي ظَلَمْتُ نَفْسِيْ فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلاَّ أَنْتَ
އލްޙަމްދު ލިލްލަހި. ސުބްޙައނަ އލްލަޛިޔ ސަޚްޚަރަ ލަނައ ހަޛައ ވަމައ ކުންނައ ލަހު މުޤްރިނިޔނަ، ވައިިންނައ އިިލަޔ ރަބްބިނައ ލަމުންޤަލިބުވނަ. އލްޙަމްދު ލިލްލަހި، އލްޙަމްދު ލިލްލަހި، އލްޙަމްދު ލިލްލަހި، އލލްލަހު އަކްބަރު، އލލްލަހު އަކްބަރު، އލލްލަހު އަކްބަރު، ސުބްޙައނަކަ އލލްލަހުމްމަ އިިންނިޔ ޡަލަމްތު ނަފްސިޔ ފައޣްފިރް ލިޔ، ފައިިންނަހު ލއަ ޔަޣްފިރު އލޛްޛުނުވބަ އިިލއްއަ އަންތަ
ﷲ އަށް ޙަމްދު ހުއްޓެވެ. އަޅަމެންނަށްޓަކައި މި (ސަވާރީ) ކިޔަމަންކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އަޅަމެންނީ އެ ކިޔަމަންކުރުމަށް ކުޅަދާނަވެގެންވާ ބަޔަކު ކަމުގައި ނުވަމުއެވެ. އަދި ހަމަކަށަވަރުން އަޅަމެން ވަނީ، އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔަކު ކަމުގައެވެ... (އޭ ﷲ! އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން މިއަޅާގެ ނަފްސަށް މިއަޅާ އަނިޔާވެރިވެއްޖައީމެވެ. ފަހެ، މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! އެހެނީ ހަމަކަށަވަރުން އިބަރަސްކަލާނގެ މެނުވީ ފާފަ ނުފުއްސަވައެވެ.)
Reference: ޞަޙީޙް (އަލްބާނީ). ތިރްމިޛީ: 3446