Loading...
Language: Dhivehi
އިބްނު ޢުމަރު (ރަޟިޔަﷲ ޢަންހު) ވިދާޅުވި ގޮތުގައި ރަސޫލުﷲ (ﷺ) ދަތުރެއް ފަށްޓަވާއިރު މި ދުޢާ ކިޔުއްވައެވެ:
اَللَّهُ أَكْبَرُ، اَللَّهُ أَكْبَرُ، اَللَّهُ أَكْبَرُ، سُبْحَانَ الَّذِيْ سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِيْنَ، وَإِنَّا إِلَى رَبِّنَا لَمُنْقَلِبُوْنَ اَللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى، اَللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ، اَللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيْفَةُ فِي الْأَهْلِ، اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكَآبَةِ الْمَنْظَرِ، وَسُوْءِ الْمُنْقَلَبِ فِي الْمَالِ وَالْأَهْلِ
އލލްލަހު އަކްބަރު، އލލްލަހު އަކްބަރު، އލލްލަހު އަކްބަރު. ސުބްޙައނަ އލްލަޛިޔ ސަޚްޚަރަ ލަނައ ހަޛައ ވަމައ ކުންނައ ލަހު މުޤްރިނިޔނަ، ވައިިންނައ އިިލަޔ ރަބްބިނައ ލަމުންޤަލިބުވނަ. އލލްލަހުމްމަ އިިންނައ ނަސްއަލުކަ ފިޔ ސަފަރިނައ ހަޛައ އލްބިރްރަ ވައލތްތަޤްވަޔ، ވަމިނަ އލްޢަމަލި މައ ތަރްޟަޔ، އލލްލަހުމްމަ ހަވްވިން ޢަލަޔްނައ ސަފަރަނައ ހަޛައ ވައޠްވި ޢަންނައ ބުޢްދަހު، އލލްލަހުމްމަ އަންތަ އލޞްޞައޙިބު ފިޔ އލސްސަފަރި، ވައލްޚަލިޔފަތު ފިޔ އލއަހްލި، އލލްލަހުމްމަ އިިންނިޔ އަޢުވޛު ބިކަ މިން ވަޢްޘައއި އލސްސަފަރި، ވަކައާބަތި އލްމަންޡަރި، ވަސުވއި އލްމުންޤަލަބި ފިޔ އލްމައލި ވައލއަހްލި
ﷲ އަކްބަރު (٣ ފަހަރު). އަޅަމެންނަށްޓަކައި މި (ސަވާރީ) ކިޔަމަންކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އަޅަމެންނީ އެ ކިޔަމަންކުރުމަށް ކުޅަދާނަވެގެންވާ ބަޔަކު ކަމުގައި ނުވަމުއެވެ. އަދި ހަމަކަށަވަރުން އަޅަމެން ވަނީ، އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔަކު ކަމުގައެވެ. އޭ ﷲ! އަޅަމެންގެ މި ދަތުރުގައި ހެޔޮކަމާއި ތަޤްވާވެރިކަމަށް، އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޢަމަލުތަކަށް އެދި، އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ﷲ! މި ދަތުރު އަޅަމެންނަށް ފަސޭހަ ކޮށްދެއްވާނދޭވެ! އަދި އޭގެ ދުރުރާސްތާ ކުރުކޮށްދެއްވާނދޭވެ! އޭ ﷲ! ދަތުރުގެ ބައިވެރިޔަކީ (އެހީތެރިޔަކީ) އިބަރަސްކަލާނގެއެވެ. އަދި އަހުލުވެރިންގެ ބަލަދުވެރިޔަކީ އިބަރަސްކަލާނގެއެވެ. އޭ ﷲ! ހަމަކަށަވަރުން ދަތުރުގެ އުނދަގޫތަކުންނާއި، ހިތާމަވެރި މަންޒަރުތަކުންނާއި، އަދި މުދަލާއި އަހުލުންނަށް ލިބިދާނެ ދެރައަކުން މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.
Reference: މުސްލިމް: 1342