Loading...
Language: Dhivehi
اَللَّهُمَّ رَّبَّ السَّمَاوَاتِ السَّبْعِ وَمَا أَظْلَلْنَ، وَرَبَّ الْأَرَضِيْنَ السَّبْعِ ومَا أَقْلَلْنَ، ورَبَّ الشَّيَاطِيْنِ ومَا أَضْلَلْنَ، ورَبَّ الرِّيَاحِ وَمَا ذَرَيْنَ، أَسْأَلُكَ خَيْرَ هَذِهِ الْقَرْيَةِ وَخَيْرَ أَهْلِهَا، (وَخَيْرَ مَا فِيهَا) وَنَعُوذُ بِكَ مِنْ شَرِّهَا وَشَرِّ أَهْلِهَا وشَرِّ مَا فِيهَا
އލލްލަހުމްމަ ރަބްބަ އލސްސަމައވައތި އލސްސަބްޢި ވަމައ އަޡްލަލްނަ، ވަރަބްބަ އލއަރަޟިޔނަ އލސްސަބްޢި ވަމައ އަޤްލަލްނަ، ވަރަބްބަ އލޝްޝަޔައޠިޔނި ވަމައ އަޟްލަލްނަ، ވަރަބްބަ އލރްރިޔައޙި ވަމައ ޛަރަޔްނަ. އަސްއަލުކަ ޚަޔްރަ ހަޛިހި އލްޤަރްޔަތި ވަޚަޔްރަ އަހްލިހައ، ވަޚަޔްރަ މައ ފިޔހައ، ވައަޢުވޛު ބިކަ މިން ޝަރްރިހައ، ވަޝަރްރި އަހްލިހައ، ވަޝަރްރި މައ ފިޔހައ
އޭ ﷲ! ހަތް އުޑާއި އެ އުޑުތައް ހިޔާކޮށްދޭހާ ތަކެއްޗެއްގެ ވެރި ރަސްކަލާނކޮ! އަދި ހަތް ބިމާއި އެ ބިންތައް އުފުލައިގެންވާހާ ތަކެއްޗެއްގެ ވެރި ރަސްކަލާނކޮ! އަދި ޝައިޠާނުންނާއި އެ ޝައިޠާނުން މަގުފުރައްދާހާ ބައެއްގެ ވެރި ރަސްކަލާނކޮ! އަދި ވައިތަކާއި އެ ވައިތައް ބުރުވައިލާހާ ތަކެއްޗެއްގެ ވެރި ރަސްކަލާނކޮ! މި ރަށުގެ (ނުވަތަ އަވަށުގެ) ހެޔޮކަމާއި، މި ރަށުގެ އަހުލުވެރިންގެ ހެޔޮކަމާއި، މި ރަށުގައިވާހާ ތަކެއްޗެއްގެ ހެޔޮކަމަށް އެދި އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މި ރަށުގެ ނުބައިކަމާއި، މި ރަށުގެ އަހުލުވެރިންގެ ނުބައިކަމާއި، މި ރަށުގައިވާހާ ތަކެއްޗެއްގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ.
Reference: ޙަސަން ލިޣައިރިހީ (އަލްބާނީ). ޞަޙީޙް އިބްނު ޚުޒައިމާ: 2565