Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ. "މީހަކު ބާޒާރަށް ވަދެ، މިފަދައިން ބުނެފިނަމަ، ﷲ އެމީހަކަށް އެއް މިލިއަން ހެޔޮކަން ލިޔުއްވައި، އެއް މިލިއަން ފާފަ ފުއްސަވައި، އަދި އެއް މިލިއަން ދަރަޖަ އުފުއްލަވައެވެ:"
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، يُحْيِي وَيُمِيتُ، وَهُوَ حَيٌّ لَا يَمُوتُ، بِيَدِهِ الْخَيْرُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
ލއަ އިިލަހަ އިިލއްއަ އލލްލަހު ވަޙްދަހު ލއަ ޝަރިޔކަ ލަހު، ލަހު އލްމުލްކު ވަލަހު އލްޙަމްދު، ޔުޙްޔިޔ ވަޔުމިޔތު، ވަހުވަ ޙަޔްޔުން ލއަ ޔަމުވތު، ބިޔަދިހި އލްޚަޔްރު، ވަހުވަ ޢަލަޔ ކުލްލި ޝަޔްއިން ޤަދިޔރުން
ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަން މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި ޙަމްދު ހުށީވެސް އެކަލާނގެއަށެވެ. ދިރުއްވަނީ އަދި މަރުގަންނަވަނީ އެކަލާނގެއެވެ. އަދި އެކަލާނގެ ދިރިދެމިވޮޑިގެންވެއެވެ. ދުވަހަކުވެސް މަރުވެވޮޑިގެން ނުވެއެވެ. އެންމެހައި ހެޔޮކަން ވަނީ އެކަލާނގެ އަތްޕުޅުގައެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Reference: ޙަސަން (އަލްބާނީ). ތިރްމިޛީ: 3428