Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) ގެ ފަހަތްޕުޅުގައި ސަވާރީގައި އިން މީހަކު، ސަވާރީ ކަހާލުމުން "ޝައިޠާނާ ހަލާކުވެއްޖެނޭ" ބުނުމުން، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ޝައިޠާނާ ހަލާކުވެއްޖެއޭ ނުބުނާށެވެ! އެހެނީ އޭރުން އޭނާ ބޮޑާވެ، ގެއެއްހާ ބޮޑުވެގަނެއެވެ. އަދި ބުނެއެވެ: 'އަހަރެންގެ ބާރުންނެވެ'. އެކަމަކު (މިފަދައިން) ކިޔާށެވެ:"
بِسْمِ اللَّهِ
ބިސްމި އލލްލަހި
ﷲ ގެ އިސްމުފުޅުން (ފަށަމެވެ).
Reference: ޞަޙީޙް. އަބޫ ދާވޫދު: ٤٩٨٢