Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) ދަތުރެއްގައި އުޅުއްވާއިރު މި ދުޢާވެސް ވިދާޅުވާ ކަމަށް ވެއެވެ:
اَللَّهُمَّ إِنِّي أَسْأَلُكَ فِي سَفَرِيْ هَذَا مِنَ الْبِرِّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى، اَللَّهُمَّ هَوِّنْ عَلَيْنَا الْمَسِيرَ وَاطْوِ عَنَّا بُعْدَ الْأَرْضِ اَللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الْأَهْلِ اَللَّهُمَّ اصْحَبْنَا فِي سَفَرِنَا وَاخْلُفْنَا فِي أَهْلِنَا
އލލްލަހުމްމަ އިިންނިޔ އަސްއަލުކަ ފިޔ ސަފަރިޔ ހަޛައ މިނަ އލްބިރްރި ވައލތްތަޤްވަޔ، ވަމިނަ އލްޢަމަލި މައ ތަރްޟަޔ. އލލްލަހުމްމަ ހަވްވިން ޢަލަޔްނައ އލްމަސިޔރަ، ވައޠްވި ޢަންނައ ބުޢްދަ އލއަރްޟި. އލލްލަހުމްމަ އަންތަ އލޞްޞައޙިބު ފިޔ އލސްސަފަރި ވައލްޚަލިޔފަތު ފިޔ އލއަހްލި. އލލްލަހުމްމަ އޞްޙަބްނައ ފިޔ ސަފަރިނައ ވައޚްލުފްނައ ފިޔ އަހްލިނައ
އޭ ﷲ! އަޅަމެންގެ މި ދަތުރުގައި ހެޔޮކަމާއި ތަޤްވާވެރިކަމަށް، އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޢަމަލުތަކަށް އެދި، އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ﷲ! މި ދަތުރު އަޅަމެންނަށް ފަސޭހަ ކޮށްދެއްވާނދޭވެ! އަދި އޭގެ ދުރުރާސްތާ ކުރުކޮށްދެއްވާނދޭވެ! އޭ ﷲ! ދަތުރުގެ ބައިވެރިޔަކީ (އެހީތެރިޔަކީ) އިބަރަސްކަލާނގެއެވެ. އަދި އަހުލުވެރިންގެ ބަލަދުވެރިޔަކީ އިބަރަސްކަލާނގެއެވެ. އޭ ﷲ! އަޅަމެންގެ މި ދަތުރުގައި އަޅަމެންނާއެކު ވޮޑިގެންވާނދޭވެ! އަދި އަޅަމެންގެ އާއިލާ ބެލެހެއްޓެވުމުގައި އިބަރަސްކަލާނގެ ވޮޑިގެންވާށިއެވެ!
Reference: ޞަޙީޙް (އަލްބާނީ). ތިރްމިޛީ: 3447