Loading...
Language: Dhivehi
ޖާބިރު (ރަޟިޔަﷲ ޢަންހު) ރަސޫލުﷲ (ﷺ) ގެ ޙައްޖު ދަތުރުފުޅު ބަޔާންކުރައްވަމުން ވިދާޅުވިއެވެ: "ދެން އެކަލޭގެފާނު (މުޒްދަލިފާގައި) ފަތިސްވަންދެން އަވަހާރަފުޅު ލައްޕަވައި އޮންނެވިއެވެ. ދެން ފަތިސްވުމުން، ބަންގިއަކާއި ޤަމަތަކާއެކު ފަތިސް ނަމާދު ކުރެއްވިއެވެ. ދެން ޤަޞްވާ (ޖަމަލުކޮޅު) އަށް ސަވާރުވެވަޑައިގެން މަޝްޢަރުލް ޙަރާމަށް (މުޒްދަލިފާގެ ޚާއްޞަ ތަނަކަށް) ވަޑައިގެންނެވިއެވެ. އަދި ޤިބްލައަށް ކުރިމަތިލައްވައި، ﷲ އަށް ދުޢާކުރައްވައި، ތަކްބީރާއި ތަހްލީލު (ލާ އިލާހަ އިއްލަﷲ) އަދި ތައުޙީދުގެ ކަލިމަ ވިދާޅުވިއެވެ. އިރުއަރައި އަލިގަދަވަންދެން އެތާނގައި ހުންނެވިއެވެ. ދެން އިރުއެރުމުގެ ކުރިން (މިނާއަށް ދިއުމަށް) ނުކުމެވަޑައިގެންނެވިއެވެ."
Reference: [1] ނަބިއްޔާ (ﷺ) ގެ ސަވާރީގެ ނަން [2] މުސްލިމް: 1218