Loading...
Language: Dhivehi
އިބްނު ޢުމަރު (ރަޟިޔަﷲ ޢަންހު) ޖަމްރަތުއް ދުންޔާއަށް (ޚައިފް މިސްކިތާ ކައިރީގައިވާ ޖަމްރާއަށް) ٧ ހިލަކޮޅު އުކާއިރު، ކޮންމެ ހިލަކޮޅެއް އެއްލަމުން ތަކްބީރު ކިޔުއްވައެވެ. ދެން ކުރިއަށްގޮސް ހަމަބިމަށް ވަޑައިގެން، ޤިބްލައަށް ކުރިމަތިލައްވައި، ދެއަތްޕުޅު އުފުއްލަވައި ގިނައިރު ވަންދެން ދުޢާކުރެއްވިއެވެ. ދެން ޖަމްރަތުލް ވުސްޠާއަށް (މެދު ޖަމްރާއަށް - ހިލަ އުކައި)، ދެން ވާތްފަރާތަށް ޖެހިވަޑައިގެން ނުކުމެވަޑައިގެން، ޤިބްލައަށް ކުރިމަތިލައްވައި ދެއަތްޕުޅު އުފުއްލަވައި ގިނައިރު ވަންދެން ދުޢާކުރެއްވިއެވެ. ދެން ޖަމްރަތުލް ޢަޤަބާއަށް ވާދީގެ މެދުން (ހިލަ އުކައި)، ނަމަވެސް އެތަނުގައި މަޑުނުކުރައްވައި އެނބުރި ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. "ރަސޫލުﷲ (ﷺ) މިފަދައިން ކަންތައް ކުރައްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ."
Reference: ބުޚާރީ: 1751