Loading...
Language: Dhivehi
ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް (ރ.ޢ) ރިވާކުރެއްވިއެވެ: މީހަކު ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާ (ﷺ) އެވެ! މުއައްޛިނުން އަހަރެމެންނަށްވުރެ ކުރި ހޯދައިފިއެވެ." ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "އެބައިމީހުން އެ ކިޔާ އެއްޗެއް ތިޔަބައިމީހުންވެސް ކިޔާށެވެ. އަދި (ބަންގި ނިމުމުން) ތިޔަބައިމީހުން ނިމިއްޖެ ހިނދު، ﷲ ގެ ޙަޟްރަތުން ކޮންމެ ކަމަކަށް އެދުނަސް އެކަމެއް ދެއްވާހުއްޓެވެ."
Reference: ޙަސަން (އަލްބާނީ). އަބޫ ދާވޫދު: 524