Loading...
Language: Dhivehi
ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި: ١. ﷲ ގެ ރައްކާތެރިކަމަށް އެދުން (އިސްތިއާޛާ). ٢. ބަންގި ގޮވުން. ٣. ޤުރްއާން ކިޔެވުމާއި ޛިކުރުކުރުން. ٤. ނަމާދުގައާއި ޤުރްއާން ކިޔަވާއިރު (ވަސްވާސް އަތުވެއްޖެނަމަ) ވާތްފަރާތަށް ٣ ފަހަރު (ކުޅުގަނޑު ނުޖަހައި) ފުމެލުން. އަދި ހެނދުނާއި ހަވީރުގެ ޛިކުރުތައް، ނިދާއިރު ކިޔާ ޛިކުރުތައް، ގެއަށް ވަންނައިރުއާއި ނުކުންނައިރު ކިޔާ ޛިކުރުތައް ފަދަ ޝަރުޢީ ޛިކުރުތައް ކިޔުން ހިމެނެއެވެ. ޚާއްޞަކޮށް އާޔަތުލް ކުރުސިއާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔުން. އަދި "ލާ އިލާހަ އިއްލަﷲ ވަޙްދަހޫ ލާ ޝަރީކަ ލަހު..." މި ޛިކުރު ١٠٠ ފަހަރު ކިޔާ މީހާއަށް އެދުވަހު ޝައިޠާނާގެ ކިބައިން ރައްކާތެރިކަން ލިބޭނެއެވެ.
Reference: [1] ބުޚާރީ: 608 [2] މުސްލިމް: 780