Loading...
Language: Dhivehi
ޢުޘްމާން ބިން އަބިލްޢާޞް (ރަޟިޔަﷲ ޢަންހު) ރަސޫލުﷲ (ﷺ) ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން ޝައިޠާނާ އަހަރެންގެ ނަމާދާއި، އަހަރެންގެ ކިޔެވުމާ ދެމެދަށް ހުރަސްއެޅި، އަހަރެންނަށް އޮޅުވާލައިފިއެވެ (މާނައީ: ހަނދާން ނައްތާލައި، ނުކިޔޭ ވަރަށް ވަސްވާސް ވައްދައިފިއެވެ)." ދެން ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ. "އެއީ ޚިންޒަބު އޭ ކިޔުނު ޝައިޠާނާއެކެވެ. ފަހެ، އެކަން އިޙްސާސްވެއްޖެނަމަ، ﷲ ގެ ކިބައިން ރައްކާތެރިކަމަށް އެދޭށެވެ! އަދި ކަލޭގެ ވާތްފަރާތަށް ٣ ފަހަރު (ކުޅުގަނޑު ނުޖަހައި) ފުމެލާށެވެ!" (ޢުޘްމާން ވިދާޅުވިއެވެ) ފަހެ، ތިމަން އެކަން ކުރުމުން ﷲ ތިމަންގެ ކިބައިން އެކަން ދުރުކުރެއްވިއެވެ.
أَعُوْذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
އަޢުވޛު ބިއލލްލަހި މިނަ އލޝްޝަޔްޠައނި އލރްރަޖިޔމި
ރަޙްމަތުން ބޭރުކުރެވިގެންވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ.
Reference: މުސްލިމް: 2203