Loading...
Language: Dhivehi
އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ. "ކޮންމެ އިންސާނަކު އުފަންވާހިނދު، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު ފިޔަވައި، އެހެން ކޮންމެ ކުއްޖެއްގެ ހަށިގަނޑުގެ ދެފަރާތުގައި ޝައިޠާނާ އޭނާގެ ދެ އިނގިލިން ބީހެއެވެ (ކޮއްޓައެވެ). ޝައިޠާނާ އެކަލޭގެފާނުގެ ގައިކޮޅުގައި ބީހުމަށް އުޅުނެވެ. ނަމަވެސް އޭނާއަށް ބީހެވުނީ (އެކަލޭގެފާނު އޮތް) ފޫޅު ކެނޑި މަަހުގައެވެ (placenta cover)."
Reference: ބުޚާރީ: 3286