Loading...
Language: Dhivehi
ޙުސައިން (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު މީހަކަށް ތަހުނިޔާ ކިޔާނެ ގޮތް ދަސްކޮށްދެއްވުމަށްޓަކައި ވިދާޅުވިއެވެ. ކަލޭ (ކުއްޖާގެ ބައްޕައަށް) މިފަދައިން ބުނާށެވެ:
بَارَكَ اللَّهُ لَكَ فِي الْمَوْهُوبِ لَكَ وَشَكَرْتَ الْوَاهِبَ وَبَلَغَ أَشُدَّهُ وَرُزِقْتَ بِرَّهُ
ﷲ، ކަލެއަށް ދެއްވި ހަދިޔާގައި ބަރަކާތް ލައްވާށިއެވެ! އަދި ކަލޭ (މި ހަދިޔާ) ދެއްވި ފަރާތަށް (ﷲ އަށް) ޝުކުރުވެރިވާށެވެ! އަދި މި ކުއްޖާ ބޮޑުވެ، ފުރާފުރިހަމަވާށިއެވެ! އަދި މި ކުއްޖާގެ ހެޔޮކަން ކަލެއަށް ލިބޭށިއެވެ!
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 441