Loading...
Language: Dhivehi
أَعُوْذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ مِنْ شَرِّ مَا خَلَقَ، وَبَرَأَ وَذَرَأَ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ
ﷲ ޚަލްޤުކުރައްވައި، އުފައްދަވައި، ލެއްވިހާ ތަކެތީގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި، އެކަލާނގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް (ﷲ ގެ ޙަޟްރަތުން) ދަންނަވަމެވެ. އެއީ ހެޔޮލަފާ މީހަކަށްވެސް އަދި ނުބައި ނުލަފާ މީހަކަށްވެސް އެ ކަލިމަފުޅުތައް ފަހަނައަޅައި ނުދެވޭނެ (ފުރިހަމަ) ކަލިމަފުޅުތަކެކެވެ. އަދި އުޑުން ފައިބާ ތަކެތީގެ ނުބައިކަމުންނާއި، އުޑަށް އަރާ ތަކެތީގެ ނުބައިކަމުންނާއި، ބިމުގައި ފެތުރިފައިވާ ތަކެތީގެ ނުބައިކަމުންނާއި، ބިމުން ނުކުންނަ ތަކެތީގެ ނުބައިކަމުންނާއި، ރޭގަނޑާއި ދުވާލުގެ ފިތުނަތަކުގެ ނުބައިކަމުންނާއި، އަދި ރޭގަނޑު އަންނަ (ނުބައި) ކަންކަމުގެ ނުބައިކަމުން (ރައްކާތެރިކޮށްދެއްވާނދޭވެ!)، ހެޔޮކަމަކައިގެން އަންނަ މީހަކު ފިޔަވައެވެ. އޭ ރަޙްމާންވަންތަ ރަސްކަލާނކޮ!
Reference: ޞަޙީޙް (އަލްބާނީ). ޞަޙީޙުލް ޖާމިޢު: 74