Loading...
Language: Dhivehi
ޢަލީ ބިން އަބީ ޠާލިބް (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. އަބޫބަކުރުގެފާނު ތިމަންކަލޭގެފާނަށް ޙަދީޘެއް ވިދާޅުވެދެއްވިއެވެ. އަދި އަބޫބަކުރުގެފާނު ތެދު ހެއްދެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލުﷲ (ﷺ) ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "(ﷲ ގެ) އަޅަކަށް ފާފައެއް ކުރެވިއްޖެނަމަ، ދެން އޭނާ ރަނގަޅަށް ވުޟޫކޮށް، ތެދުވެ ٢ ރަކްޢަތް ނަމާދެއްކޮށް، ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދިއްޖެނަމަ، ހަމަކަށަވަރުން ﷲ އެމީހެއްގެ ފާފަ ފުއްސަވައިދެއްވާނެއެވެ."
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 1521