Loading...
Language: Dhivehi
ﷲ ވަޙީކުރެއްވިއެވެ -
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾
އިންނާ އަންޒަލްނާހު ފީ ލައިލަތުލް ޤަދްރި...
(١) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. (٢) އަދި ލައިލަތުލް ޤަދްރި ވިލޭރޭއަކީ ކޮންރޭއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ހެއްޔެވެ؟ (٣) ލައިލަތުލް ޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. (٤) މަލާއިކަތުންނާއި ޖިބްރީލްގެފާނު، އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛުނަފުޅާއެކު ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބައިވަޑައިގަންނަވާނެއެވެ. (٥) އެރޭ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، އެރޭއަކީ ސަލާމަތްތެރިކަމެކެވެ. (ޤަދްރި ސޫރަތް: ١-٥)
Reference: ސޫރަތުލް ޤަދްރު 97:1-5