Loading...
Language: Dhivehi
ސުލައިމާން ބިން ޞުރަދު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. ރަސޫލުﷲ (ﷺ) ގެ އަރިހުގައި ދެ މީހަކު ޒުވާބު ކުރިއެވެ. އަދި އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ރުޅިގަދަވެ، މޫނު ރަތްވެ، ކަރުގެ ނާރުތައް ފުއްޕިއެވެ. ދެން ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ކަލިމައެއް ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އޭނާ އެ ކަލިމަ ކިޔައިފިނަމަ، އޭނާގެ (ރުޅިވެރިކަން) ފިލައިހިނގައްޖައީހެވެ. (އެއީ "އަޢޫޛު ބިއްލާހި މިނަޝް ޝައިޠާނިއް ރަޖީމް" އެވެ)."
Reference: ބުޚާރީ: 6048