Loading...
Language: Dhivehi
ޢަބްދުﷲ ބިން ޢުމަރު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. ރަސޫލުﷲ (ﷺ) އެއް މަޖިލީހެއްގައި ١٠٠ ފަހަރު މި ދުޢާ ވިދާޅުވާތީ ތިމަންމެން ގުނީމެވެ:
رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ (الْغَفُوْرُ)
އޭ އަޅުގެ ވެރިރަސްކަލާނކޮ! މިއަޅާގެ ފާފަ ފުއްސަވާނދޭވެ! އަދި މިއަޅާގެ ތައުބާ ޤަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
Reference: ޞަޙީޙް. އަބޫ ދާވޫދު: ١٥١٦