Loading...
Language: Dhivehi
ޢަބްދުﷲ ބިން މަސްޢޫދު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. ރަސޫލުﷲ (ﷺ) ތިމަންމެންނަށް ނަމާދުގެ ތަޝައްހުދާއި، (ކައިވެނި ފަދަ) ޙާޖަތުގެ ތަޝައްހުދު ދަސްކޮށްދެއްވިއެވެ. އެއީ:
إِنَّ الْحَمْدَ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ وَمَنْ يُضْلِلْ فَلَا هَادِيَ لَهُ أَشْهَدُ أَنْ لَّا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُّسْلِمُونَ يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًۭا سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا
ހަމަކަށަވަރުން ޙަމްދު ހުރީ ﷲ އަށެވެ. އަޅަމެން އެކަލާނގެއަށް ޙަމްދުކުރަމެވެ. އަދި ވާގިއެދެނީވެސް އެކަލާނގެ ޙަޟްރަތުންނެވެ. އަދި ފާފަ ފުއްސެވުމަށް އެދެނީވެސް އެކަލާނގެ ޙަޟްރަތުންނެވެ. އަދި އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމުންނާއި، އަޅަމެންގެ ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ. ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރައްދާނެ މީހަކު ނުވެއެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދައްކާނެ މީހަކު ނުވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެންވާ އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ ކަމަށާއި ރަސޫލާކަމަށް މިއަޅާ ހެކިވަމެވެ. (ދެން ކީރިތި ޤުރްއާނުގެ އާލުޢިމްރާން ސޫރަތުގެ ١٠٢ ވަނަ އާޔަތާއި، ނިސާ ސޫރަތުގެ ١ ވަނަ އާޔަތާއި، އަޙްޒާބު ސޫރަތުގެ ٧٠ އަދި ٧١ ވަނަ އާޔަތް ކިޔަވާށެވެ).
Reference: [1] ސޫރަތު އާލްޢިމްރާން: 3:102 [2] ސޫރަތުން ނިސާ: 4:1 [3] ސޫރަތުލް އަޙްޒާބް: 33:70-71 ޞަޙީޙް (އަލްބާނީ) ތިރްމިޛީ: 1105