Loading...
Language: Dhivehi
ޢަބްދުﷲ ބިން މަސްޢޫދު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. އަންހެން މީހާ ފިރިމީހާގެ ގާތަށް އައުމުން، ފިރިމީހާ ތެދުވެ ނަމާދުކުރާށެވެ. އަދި އަންހެން މީހާ އޭނާގެ ފަހަތުގައި ނަމާދުކުރާށެވެ. ދެން ދެ ރަކްޢަތް ނަމާދަށްފަހު ކިޔާށެވެ:
اَللَّهُمَّ بَارِكْ لِي فِي أَهْلِي، وَبَارِكْ لِأَهْلِي فِيَّ اَللَّهُمَّ ارْزُقْهُمْ مِنِّي، وَارْزُقْنِي مِنْهُمْ، اَللَّهُمَّ اجْمَعْ بَيْنَنَا مَا جَمَعْتَ فِي خَيْرٍ، وفَرِّقْ بَيْنَنَا إِذَا فَرَّقْتَ فِي خَيْرٍ
އޭ ﷲ! މިއަޅާގެ އަހުލުވެރިންގެ (އަނބިމީހާގެ) ކިބައިގައި މިއަޅާއަށް ބަރަކާތް ލައްވާނދޭވެ! އަދި މިއަޅާގެ ކިބައިގައި އަހުލުވެރިންނަށް ބަރަކާތް ލައްވާނދޭވެ! އޭ ﷲ! މިއަޅާގެ ފަރާތުން އެމީހުންނަށް ރިޒޤު ދެއްވާނދޭވެ! އަދި އެމީހުންގެ ފަރާތުން މިއަޅާއަށް ރިޒޤު ދެއްވާނދޭވެ! އޭ ﷲ! އަޅަމެން އެއްކުރައްވާނަމަ ހެޔޮގޮތުގައި އެއްކުރައްވާނދޭވެ! އަދި ވަކިކުރައްވާނަމަ ހެޔޮގޮތުގައި ވަކިކުރައްވާނދޭވެ!
Reference: ޞަޙީޙް (އަލްބާނީ). އާދާބުއް ޒިފާފް: 24