Loading...
Language: Dhivehi
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿١٢٧﴾ رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ﴿١٢٨﴾
ރައްބަނާ ތަޤައްބަލް މިންނާ އިންނަކަ...
އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ ކިބައިން (މި ޢަމަލު) ޤަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެން ދެމީހުންނަކީ އިބަރަސްކަލާނގެއަށް ކިޔަމަންވާ ދެމީހުން ކަމުގައި ލައްވާނދޭވެ! އަދި އަޅަމެންގެ ދަރިންގެ ތެރެއިންވެސް، އިބަރަސްކަލާނގެއަށް ކިޔަމަންވާ އުއްމަތެއް ލައްވާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނެ ގޮތް، އަޅަމެންނަށް ދައްކަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް ތައުބާ ޤަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
Reference: ސޫރަތުލް ބަޤަރާ 2:127-128