Loading...
Language: Dhivehi
އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކޮޅާއި ޢާއިލާއަށްޓަކައި ދުޢާކުރެއްވިއެވެ:
رَبَّنَا لِيُقِيمُوا الصَّلاةَ فَاجْعَلْ أَفْئِدَةً مِنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُمْ مِنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ
ރައްބަނާ ލިޔުޤީމުއްޞަލާތަ...
އަޅަމެންގެ ވެރިރަސްކަލާނކޮ! މިއަޅާގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި (އެބަހީ: މައްކާގައި) އިބަރަސްކަލާނގެ ޙުރުމަތްތެރި ވެގެންވާ ގެފުޅު ކައިރީގައި، މިއަޅާ ވަޒަންވެރި ކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! (އެއީ) އެއުރެން ނަމާދު ޤާއިމްކޮށް އުޅުމަށްޓަކައެވެ. ފަހެ، އެއުރެންގެ ފަރާތަށް ލެނބޭނޭ ބަޔަކު ކަމުގައި މީސްތަކުންގެ ހިތްތައް ލައްވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒޤު ދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުކުރުމަށްޓަކައެވެ.
Reference: ސޫރަތު އިބްރާހީމް 14:37